-Advertisement-

-Advertisement-

ފުލުހެއްގެ ގައިގައި ދަތް އެޅި އަންހެނަކު ހައްޔަރުކޮށްފި

ކްރިމިނަލް ކޯޓް - ފޮޓޯ/ ރާއްޖެއެމްވީ

ފުލުހެއްގެ ގައިގައި ދަތް އަޅައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި އަންހެނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރި މާލެއަށް ނިސްބަތްވާ އުމުރުން 44 އަހަރުގެ އަންހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފައިވާއިރު، އެ ކޯޓުުގެ އަމުުރުގައި ވަނީ އޭނާއަކީ ސިކުނޑި ހަމަނުޖެހޭ މީހެއްކަމަށް ބުނެފައެވެ.

އެގޮތުން ފުލުހެއްގެ ގައިގައި ޖެހުނުކަމެއް އަދި ފަތް އެޅުނުކަންވެސް އޭނާއަށް ނޭނގޭ ޙާލަތުގައި ހުރި ކަމަށް އެ އަމުރުގައި ވަނީ ބުނެފައެވެ.

ފުލުހެއްގެ ގައިގައި ޖެހުމުގެ އިތުރުން އޭނާގެ މައްޗަށް މާރާމަރީ ހިންގުމާއި، އާންމުންނަށް އުނދަގޫ ކުރުމުގެ ތުހުމަތު ކުރެވެއެވެ.

މީގެ އިތުރުން އެ އަންހެން މީހާއަކީ، އާއްމުކޮށް މަސްމާރުކޭޓް ކެފޭއަށް ވަދެ އެތަނުގައި ތިބޭ މީހުންނަށް އުނދަގޫ ކުރާ މީހެއް ކަަމަށާއި  އެ ދުވަހުވެސް އެގޮތަށް ކަންތައް ކުރުމުން، ފުލުހުން އޭނާ ހުއްޓުވާ ނަސޭހަތްތެރިވިކަމަށް އެ އަމުރުގައި ވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-