-Advertisement-

-Advertisement-

ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރުގެ ދައުރު ހަމަވެއްޖެ، ވިދާޅުވީ ރާއްޖެއަކީ އިތާ މުތެއްކަމަށް!

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާައި ހުންނަވާ ސަފީރު ރައީސާއި ބައްދަލު ކުރެއްވުން: ފޮޓޯ/ ރައީސް އޮފީސް

ދިވެހިރާއްޖެ އަކީ އިންސާނުންގެ ދުނިޔޭގައި ލެއްވި އިތާމުތެއްކަމުގައި ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވޭންގް ލިކްޝިން ވިދާޅުވެއްޖެއެވެ.

އެކަމަނާގެ ސަފީރުކަމުގެ ދައުރު ހަމަވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެ ފަދަ ޤުދުރަތީގޮތުން ރީތި އެކުވެރި ރައްޔިތަކު ދިރިއުޅޭ ޤައުމެއްގެ ސަފީރުކަން ކުރެއްވުމަށް ލިބިލެއްވުމަކީ ޝަރަފެއްކަމަށެވެ.

އަދި ދައުރު ފުރިހަމަކުރެއްވުމަށްފަހު އެނބުރި ވަޑައިގަންނަވަން ބޭނުންފުޅު ނުވި ނަމަވެސް ދިވެހި ހުރިހާ ރަހުމަތްތެރިންނަށް އަލްވަދާއު ކިޔަން ޖެހޭ ކަމަށް ވޭންގް ލިކްޝިންގެ ޕޯސްޓްގައި ބުނެފައިވެއެވެ.

މީގެ އިތުރުން ވޭންގް ގެ ޕޯސްޓްގައި ވިދާޅުވީ، ވޭތުވެދިޔަ ތިން އަހަރާއި 3.5 މަސް ދުވަހުގެ ތެރޭގައި ދެގައުމުގެ ދެމެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުން ހަރުދަނާވެ އެކަމުގެ ސަބަބުން ލިބުނު މުހިއްމު ކުރިއެރުންތަކަކީ އެކަމަނާ އެކަމަކާއިމެދު އެންމެ ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަންތައްކަމަށެވެ.

މީގެ އިތުރުން މި މުއްދަތުގައި  ޗައިނާއާއި ދިވެހިރާއްޖެއަކީ އަބަދުވެސް އެއް ބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކޮށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ މިގެ އިތުރުން ދެފަރާތައްވެސް ފައިދާވާފަދަ ރަނގަޅު ނަމޫނާއެއް ދައްކަމުން އަންނަ ދެ ޤައުމުގެ ގޮތުގައި  ވޭންގް ލިކްޝިން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެކަމަނާ ވަނީ، ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރެވުނު ތަރައްޤީގެ ބޮޑެތި މަޝްރޫއުތަކަށް އަލި އަޅުއްވާލައްވައިފައެވެ. އޭގެ ތެރޭގައި  ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި ވެލާނާ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއާއި އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިމެނެއެވެ.

މީގެ އިތުރުންވެސް އެ ޤައުމުގެ އެހީގައި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ އިތުރު މަޝްރޫޢުތަކުގެ ތެރެއިން 100 އެނދުގެ ވިލިމާލެ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް އެޅުމަށާއި މާލެ އާއި ވިލިމާލޭގެ މަގުތައް އަލުން ތަރައްޤީކުރުން ފަދަ މަޝްރޫޢުތަކަކީ ދެ ޤައުމުގެ ގުޅުން އައު ހަރުފަތަކަށް ގޮސްފައިވާކަމުގެ ހެއްކެއްގެ ގޮތުން ވޭންގް ފާހަގަކުރެއްވިއެވެ.

ސަފީރު ވިދާޅުވީ އެކަމަނާގެ ދައުރުގައި، ރާއްޖެއިން ދެއްވި އެއްބާރުލެއްވުމާއި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޓަކައި، ރާއްޖެއިން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުފާހަގަކުރައްވައި، އެކަމަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-