-Advertisement-

-Advertisement-

އާސަންދަ ބޭސް ސިޓީއިން އަގު ނަގާނަމަ ރިޕޯޓްކުރަން އެދިއްޖެ

އާސަންދަ އޮފީސް – ފޮޓޯ: އެމްއާރއެފް.އެމްވީ

ސަރުކާރުގެ ހިލޭ ބޭސްފަރުވަ ސްކީމް، އާސަންދައިގެ ދަށުން ދޫކުރާ އެއްވެސް ބޭސް ސިޓީއަކުން އަގު ނަގާނަމަ  އެ ކުންފުންޏަށް އެކަން ރިޕޯޓުކުރަން އާސަންދައިން އެދިއްޖެއެވެ.

ދައުލަތުގެ މާލީ ނިޒާމު އިސްލާހުކޮށް އާސަންދައިގެ ދަށުން ކުރަމުން އަންނަ އިސްރާފުތައް ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން  އާސަންދައިން އެންމެ އާންމުކޮށް ދޫކުރާ 250 ބޭހުގެ އަގަށް ބަދަލު ގެނެސް އެ ބޭސްތައް ވިއްކޭނެ އަގު މިހާރުވަނީ އާސަންދައިގެ ވެބްސައިޓުގައި ޝާއިއުކުރެވިފައެވެ.

އެގޮތުން ގިނަ ބޭސްތަކަކުން އާސަންދަ ނުލިބޭކަމަށްބުނެ އާންމުން ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށް  އާސަަންދައިން މީސްމީޑިޔާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އާސަންދަ ސްކީމްގެ ދަށުން އެއްވެސް ބޭހެއް ކަވަރު ކުރުން ހުއްޓާ ނުލާ ކަމަށާއި، ކުރިއެކޭ އެއްގޮތަށް މިހާރުވެސް އާސަންދަ ސްކީމްގެ ދަށުން ބޭހަށް ކަވަރޭޖް ލިބޭނެ ކަމަށެވެ.

އަދި އާސަންދަ މެދުވެރިކޮށް ނުލިބޭ ބޭހެއްނަމަ އެ ބޭހެއް އާސަންދައިން ނުލިބޭކަން ބޭސް ސިޓީގައި ލިޔެފައި އޮންނާނެ ކަމަށެވެ.

އެހެން ނަމަވެސް  އާސަންދަ ސްކީމުން ކަވަރުކުރާ ބޭހަކަށް އެއްވެސް ފާމަސީއަކުން އަގު ނަގާނަމަ  އެކަން އާސަންދައިގެ ޝިކާޔަތު ޗެޓްލައިން މެދުވެރިކޮށް އަންގައިދިނުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

ވައިބާ އަދި ވަޓްސްއަޕްގައި 7951400 ނަންބަރެވެ.

މީގެ އިތުރުން އާސަންދައިން ބުނެފައިވަނީ ބަލްކް ޕްރޮކިއުމެންޓު މެދުވެރިކޮށް ރާއްޖެއަށް ގެންނަ ބޭސްތަކުގެ ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއްވެސް އާސަންދަ ކަވަރޭޖު ދޭ ބޭސް ފިހާރަތަކުން ފޯރުކޮށްދޭނީ އެއްވެސް އަގަކާ ނުލައި ހިލޭ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-