ގއ. ދާންދޫ މަގުމަތީގައި ނިޔާވެފައި އޮތް ޒުވާނަކު ފެނިއްޖެއެވެ.
ނިޔާވެފައި އޮއްވައި ފެނުނީ އެރަށު ނަގަހެލި، އުމުރުން 33 އަހަރުގެ އަހުމަދު އަބްދުﷲއެވެ.
ފުލުހުން ބުނީ. ގދ ދާންދޫ ފެނަކަ ބްރާންޗް ގެ ހުޅަނގު ފަރާތު މަގުމައްޗަށް އަހުމަދު އަބްދުﷲ ވެއްޓިފައި އޮއްވައި ފެނުނުކަމުގެ ރިޕޯޓް ލިބިފައިވާކަމަށާއި އޭނާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް އެރަށު ސިއްހީ މަރުކަޒުން ފުލުހުންނަށް މަޢުލޫމާތު ދޭ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.
ފައިތުވި ހަފްތާގައިވެސް ވަނީ މާލޭ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހެއް ފެނިފައެވެ.