-Advertisement-

-Advertisement-

މުލީއާގެ ސަރަހައްދުގައި އިހުތިޖާޖުކުރި ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

އެއްވި ބައެއް ބިދޭސީން ފުލުހުންގެ އުޅަނދަކަށް އަރުވަނީ، ފޮޓޯ: ހުރިހާ

މުލީއާގެ ސަރަހައްދުގައި އިހުތިޖާޖުކުރި ބިދޭސީންތަކެއް ހައްޔަރުކޮށް އިމިގްރޭޝަނާއި ހަވާލުކޮށްފިއެވެ.

ފުލުހުން ބުނީ މުލީއާގެ ސަރަހައްދުގައި ބިދޭސީންތަކެއް އިހުތިޖާޖު ކުރާ ކަމުގެ ރިޕޯޓް ލިބިގެން ފުލުހުން އެ ސަރަހައްދަށް އެޓެންޑް ވެފައިވާކަމަށެވެ.

އެގޮތުން އެ މީހުން އިހުތިޖާޖުކޮށްފައިވަނީ މުސާރަ ނުދޭ މައްސަލައިގައި ކަމަށް ފުލުހުން ބުނެއެވެ.

އެހެން ނަމަވެސް އެއީ ކޮން ކުންފުންޏަކަށް ނިސްބަތްވާ ބައެއްކަމެއް ފުލުހުން ހާމަކޮށްފައެއް  ނުވެއެވެ.

މި މައްސަލައިގައި ފުލުހުން ވަނީ، އިންޑިޔާއަށް ނިސްބަތްވާ 38 ބިދޭސީއަކާއި 17 ބަންގްލަދޭޝް މީހަކު އިމިގްރޭޝަނާއި ހަވާލުކޮށްފައެވެ.

މިކަމާއި ގުޅިގެން އިމިގްރޭޝަނުންވެސް މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-