-Advertisement-

-Advertisement-

އެމްޑީޕީ އެކްޓިވިސްޓެއް ރައީސަށް އިންޒާރުދިން މައްސަލައެއް ބަލަން ފަށައިފި

ލުހުން އާންމުކޮށްފައި ވަނީ ރާއްޖެއިން ބޭރުގެ އެއްވެސް ނަންބަރެއް ބޭނުން ކޮށްގެން ފުލުހުން މުއާމަލާތް ނުކުރާނެކަމަށް. ފޮޓޯ: މިހާރު

ކުޅުދުއްފުށީ ސިޓީގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާއެއްގައި އެ ޕާޓީގެ އެކްޓިވިސްޓަކު ރައީސް ޑރ މުޙައްމަދު މުޢިއްޒަށް އިންޒާރުދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ އެމްޑީޕީން ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާއެއްގައި އެ ޕާޓީގެ އެކްޓިވިސްޓް  އަބްދުއްރަޙްމާން އިސްމާއިލް ދެއްކި ވާހަކައިގައި ރައީސަށް އިންޒާރުދިން މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.

އަދި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަކަމުގައި ފުލުހުން ބުނެފައިވެއެވެ.

ރޭގެ ޖަލްސާފައި އަބްދުރަހްމާނު ދެއްކި ވާހަކައިގެ ތެރެއިން މުހައްމަދު އަމީންގެ ވެރިކަމަށް ވީ ގޮތް ވެސް ދިވެހި ރައްޔިތުންނަށް ފެނިފައިވާ ކަމަށާއި ޤާނޫނުއަސާސީއާ ކުޅޭ ކަމުގައިވާ ނަމަ، ރައީސް ޑރ. މުއިއްޒަށް ވެސް “ރީތި ކެއްސެއް” ލިބިގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

ޤާނޫނު އަސާސީއަށް ސަރުކާރުގެ ފަރާތުން ގެނައި ކުއްލި އިސްލާހާއި ދެކޮޅަށް އެމްޑީޕީގެ ފަރާތުން އަންނަނީ އަންނަ އަންގާރަ ދުވަހުގެ ރޭ “ގާނޫނުއަސާސީގެ ދިފާއު” ގެ ނަމުގައި މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުންނެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި އެމްޑީޕީގެ އެކްޓިވިސްޓަކު ރައީސަށް ނިސްބަތްކޮށް ކައްޒާބު ބޭނުންކުރި ކަމަށްބުނެެ ފުލުހުން ވަނީ ދާދި ފަހުން އޭނާ ފުލުހުންެގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-