ފުލުހުން ތަޙުޤީގު ކުރަމުން އަންނަ ވައްކަމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.
ފުލުހުންގެ މިއަދު ކުރި އިއުލާނެއްގައި ހޯދަމުން އަންނަނީ ތ. ތިމަރަފުށި، މާފޮޅޭގެ، އުމުރުން 35 އަހަރުގެ ޢަބްދުﷲ ސިމާޙުއެވެ.
އެގޮތުން އޭނާ ހޯދަމުން އަންނަނީ ވައްކަންކުރުމާއި މީހެއްގެ މުދަލަށް ގެއްލުންދިނުމާއި އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން، ކްރިމިނަލް ކޯޓަށް ހާޒިރުކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކުރި އަމުރަކާއި ގުޅިގެން ކަމުގައި ފުލުހުންގެ އިއުލާނުގައި ބުނެފައިވެއެވެ.
އެގޮތުން އެ ކޯޓުން ވަނީ 2024 ޑިސެންބަރު 8 ވަނަ ދުވަހުގެ 09:00 އަށް ކްރިމިނަލް ކޯޓަށް ސިމާހު ހާޒިރުކޮށްދިނުމަށް ކަމުގައި ފުލުހުންގެ އިއުލާނުގައި ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ، ޢަބްދުﷲ ސިމާޙުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށެވެ.
ޝަރީޢަތްތަކަށް ހާޒިރު ނުވެގެންނާއި އެކި އެކި މައްސަލަތަކުގެ ތަޙުޤީގުތަކަށް ހާޒިރު ނުކުރެވިގެން މީހުން ހޯދުމަށް ފުލުހުން ދޭތެރެ ދޭތެރެއިން އިއުލާނުކުރެއެވެ.