-Advertisement-

-Advertisement-

މާދަމާއިން ފެށިގެން މަސްވެރިން ކިރާ މަހަށް ދެ ދުވަސްތެރޭގައި ފައިސާ ލިބޭނެ – ރައީސް

މާދަމާއިން ފެށިގެން މަސްވެރިން ކިރާ މަހަށް ގިނަވެގެން 48 ގަޑިއިރު (2ދުވަސް) ތެރޭގައި ފައިސާ ލިބޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކ އަތޮޅާއި އއ އަތޮޅުގެ ރަށްރަށަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކ ގާފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވެފައިވަނީ، މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ބެކްލޮގް މިހާރު އެއްކޮށް ޚަލާސް ކުރެވިފައިވާކަމަށާއި، މާދަމާއިން ފެށިގެން މަސްވެރިން ކިރާ މަހަށް ވާ ފައިސާ 48 ގަޑި އިރުގެ ތެރޭގައި ލިބޭނެ ކަމަށެވެ.

މަސްވެރިންގެ ކަންބޮޑުވުންތަކާއި އެ ދާއިރާގެ ތަރައްޤީއަށް އިތުރަށް ކުރެވޭނެ ކަންކަމާއި ގުޅިގެން ފާއިތުވި ހަފްތާގައި ރައީސް ވަނީ ކެޔޮޅުންނާއި ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-