ފާއިތުވި ރޯދަމަހާއި އެއްގޮތަށް ކުރިއަށް އޮތް ރޯދަ މަހުވެސް ގޭބިސީތަކުގެ ފެން ބިލާއި ކަރަންޓް ބިލުން ޖީއެސްޓީ ދޭނެކަން ރައީސް އިއުލާނުކުރައްވައިިފިއެވެ.
ރާއްޖޭގެ ހުރިހާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކާއި ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅިގެ ތެރެއިން އއ އަަތޮޅާއި ކ އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކާއި ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އިއްޔެ ފެށްޓެވި ދަތުރުފުޅުގައި އއ މަތިވެރިއަށް ޒިޔާރަރްކުރައްވައި އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
އެގޮތުން ރައީސްގެ ވާހަކަފުޅުގެ ތެރެއިން ކުރިއަށް އޮތް ރޯދަ މަހުވެސް ރައްޔިތުންނަށް ސަރުކާރުގެ ފަރާތުން އެކި ކަހަލަ އެހީތެރިކަން ފޯރުކޮށްދެމުން ދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އެގޮތުން ކުރިއަށް އޮތް ރޯދަ މަހުވެސް ހުރިހާ ގޭބިސީތަކުގެ ކަރަންޓް ބިލާއި ފެން ބިލުން ޑިސްކައުންޓް ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ސަރުކާރަށް 52 ހަފްތާ ފުރުން ފާހަގަކުރުމުގެ ގޮތުން ޒުވާނުންގެ މަރުކަޒުގައ މިދިޔަ މަހު ބޭއްވި ރަސްމިޔާތުގައި ރައީސް ވަނީ މި އަހަރުގެ ރޯދަ މަހު ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް އިއުލާނުކުރައްވައިފައެވެ.
މިދިޔަ އަހަރުވެސް ސަރުކާރުން ވަނީ ރައްޔިތުންނަށް ރޯދަ މަހު ލުއި ފަސޭހަ ކުރުމުގެ ގޮތުން ކޮންމެ ގޭބިސީއަކަަށް 10 ކިލޯ ފުށާއި 10 ކިލޯ ހަނޑުލެވެ.