-Advertisement-

-Advertisement-

އަންނަ އަހަރު ވެގެންދާނީ އެންމެ ގިނަ ގެދޮރުވެރިކަމުގެ މަޝްރޫއު ހިންގޭ އަހަރަށް – ރައީސް

ރައީސް މުއިއްޒު ކ ހިންމަފުށީ ރައްޔިތުންނާއި ބައްދަލުކުރެއްވުން - ފޮޓޯ/ ރައީސް އޮފީސް

ކުރިއަށް އޮތް 2025 ވަނަ އަހަރު ވެގެންދާނީ ރާއްޖޭގައި ގެދޮރުވެރިކަމުގެ އެންމެ ގިނަ މަޝްރޫޢު ހިންގޭ އަހަރަށް ކަމުގައި ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އއ އަތޮޅާއި މާލެ އަތޮޅަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރު ފުޅުގެ ތެރެއިން ކ. ހިންމަފުއްޓާށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އެކި އެކި ދާއިރާތަކުން ރާއްޖޭގައި ވަރަށް ގިނަ ތަރައްޤީގެ މަޝްރޫއުތައް ހިންގަން އެބަހުރި ކަމުގައެވެ.

އެގޮތުން އަންނަ އަހަރަށް ފާސްކުރެވުނު ބަޖެޓަކީ އެކަންކަމަށް އަމަލީގޮތުން އުފާވެރިކަމުގެ ކުލަ ޖެހިގެންދާނެ ބަޖެޓެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

އެގޮތުން އަންނަ އަހަރުގެ ބަޖެޓުން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގޯތި ގެދޮރުގެ މަޝްރޫޢުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އަންނަ އަހަރު ވެގެންދާނީ އެ ދާއިރާއިން އެންމެ ގިނަ މަޝްރޫޢު ރާއްޖޭގައި ހިންގޭ އަހަރަށް ކަމުގައެވެ.

މީގެ އިތުރުން ރައީސް ވަނީ ހިންމަފުށީގައި ހިއްކައިފައިވާ ބިންވެސް އެންމެ އެދެވޭ ގޮތުގައި ބޭނުންކުރުމުގެ ގޮތުންއެރަށަށޤ ދިމާވެފައިވާ ގޯތީގެ މައްސަލައަށްވެސް ޙައްލު ހޯދުމަށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގިގެންދާނެ ކަމަށެވެ.

މީގެ އިތުރުންވެސް އަންނަ އަހަރުގެ ބަޖެޓްގައި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ ކުރިއެރުވުމުގެ އިތުރުން ރާއްޖޭގެ ރަށްރަށުގެ މަގުތައް ހެދުމާއި ފެނާއި ނަރުދަމާގެ ނިޒާމު ތަރުތީބު ކުރެވި އެކަންވެސް ކުރެވިގެންދާނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-