ޓުއަރިސްޓް ވިސާގައި ރާއްޖެ އައިސް ވިޔަފާރީ ކުރަމުން ދިޔަ ބިދޭސީއަކު އިމިގްރޭޝަނުން ހައްޔަރުކޮށްފިއެވެ.
އެ އިދާރާއިން ބުނީ، ރާއްޖެއަށް އަންނަ ޓޫރިސްޓުން ވިޔަފާރީގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ އިތުރުން އާންމު ތަންތަނުގައި ދިރިއުޅުމާއި ނިދުމުގެ މައުލޫމާތު އާންމުންގެ ފަރާތުން ލިބެމުން ދާ ކަމަށެވެ.
އެގޮތަށް ލިބުނު ރިޕޯޓަކާއި ގުޅިގެން އިއްޔެ ޗައިނާއަށް ނިތްބަތްވާ ކްއިޕިން ފެންގް ކިޔާ އުމުރުން 33 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
މީގެ ކުރިންވެސް މިފަދަ މައްސަލަތަކުގައި ބިދޭސީން ހައްޔަރުކޮށްފައި ވެއެވެ.
އިއްޔެ މީސްމީޑީޔާގައި އާންމުވި ވީޑިއޯއަކުންވެސް ފެންނަ ގޮތުގައި އާޓިފިޝަލް ބީޗް ސަރަހައްދުގައި އެއްޗިހިތަކެއް ވިއްކަމުން އަންހެނަކު ދިޔައެވެ.
އެ ވީޑިއޯގައި އެ އަންހެން މީހާ އެތަނުގައި ތިބި ދިވެހިން ކައިރިއަށް ގޮސް އޭނާއަކީވާހަކަ ނުދެއްކޭ މީހެއްކަމުގައި އިޝާރާތުން ބުނާތަން ފެނެއެވެ.