ގޭބިސީތަކުން ނުދައްކާ ހުރި ކަރަންޓް ބިލުތަކަށް އަރައިފައިވާ ޖޫރިމަނާ ފައިސާ މަޢާފްކޮށް އެ ޖޫރިމަނާ ނުލައި އެ ބިލުތަކަށް ފައިސާ ދެއްކުމުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެ ކަމުގައި ސްޓެލްކޯއިން ބުނެއްޖެއެވެ.
ޑިސެމްބަރު 31، 2023 ގެ ނިޔަލަށް އާންމު ދިރިއުޅުމަށް ބޭނުންކުރާ ހިދުމަތުގެ ކަރަންޓު ބިލުތަކަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ މައާފުކޮށް އެ ބިލިތަކުން ޖޫރިމަނާ ފައސާ އުނިކޮށްގެން ދެއްކޭގޮތަށް ސްޓެލްކޯއިން ނިންމާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
އެގޮތުން އެ ކުންފުނީގެ ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ޖޫރިމަނާ މައާފު ކޮށްދީފައި ވަނީ ނުދައްކާ ހުރި ބިލުތަކުގެ ޖޫރިމަނާ ފައިސާ ނުލައި ދެން ހުރި ފައިސާ ދެއްކުމުން ޖޫރިމަނާ އުނިވާގޮތަށެވެ.
އެގޮތުން ސްޓެލްކޯއިން ބުނީ ބިލްތަކުގެ ފައިސާ އެ އުސޫލުގެ ދަށުން ބިލަށް ފައިސާ ދެއްކޭނެ އެޑްޖަސްޓްމަންޓް މިހާރު ހަދައިފައިވާނެ ކަމަށާއި ޖޫރިމަނާ މައާފުކޮށްދިނުމުން ވެސް ފައިސާ ނުދައްކާ ފަރާތްތަކުގެ ބިލަށް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖޫރިމަނާގެ ފައިސާ ހިމަނާނެ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.