-Advertisement-

-Advertisement-

ގޮނޑިގެއްލޭ މެމްބަރުން އަލުން އިންތިޚާބުކުރުމަށް އެމްޑީޕީން އެހީވަނީ!

ޤާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީން ބޭއްވި ޖަލްސާ - ފޮޓޯ/ ރާއްޖެ އެމްވީ

މިހާރު އިންތިޚާބުވެފައިވާ ޕާޓީ ބަދަލުކޮށް އެމްޑީޕީއާއި ގުޅުމުން ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލޭ މެމްބަރުން އަލުން އެ ގޮނޑިއަށް އިންތިޚާބުކުރުމަށްޓަކައި އެމްޑީޕީން ތާއީދުކޮށް އެހީތެރިވުމަށް އެ ޕާޓީގެ ޤައުމީ މަޖިލިހުން ނިންމައިފިއެވެ.

ޤާނޫނީ އަސާސީގެ ދިފާއުުގައި ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާ ފެށުމުގެ ކުރިން ބޭއްވި އެމްޑީޕީގެ ޤައުނީ މަޖިލިހުގެ ޖަލްސާގައި ނިންމި މި ނިންމުން އެ ޖަލްސާއަށް ހުށަހެޅީ އެމްޑީޕީގެ ކޮލަމާފުށި ދާއިރާގެ ރައީސް މަހްފޫޒް ސައީދެވެ.

އެގޮތުން އިންތިޚާބުވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން ނުވަތަ ޕާޓީން ވަކިކުރުމުން މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނަށް ގެނައި އިސްލާހު ބަދަލުކުރުމަށް ގޮވާލައި އެ ޤަރާރުގައި ބުނެފައިވަނީ އެ ޤާނޫނުބަދަލުކުރުމާއި ހަމައަށް އެމްޑީޕީގެ ފަރާތުން ކުރާ އިހުތިޖާޖުތައް މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފުޅާ ކުރުމަށެވެ.

އަދި މި ބަދަލުން ނުކުންނަ ނަތީޖާއާ މެދު ރައްޔިތުން ހޭލުންތެރި ކުރުމަށް ފުޅާ ދާއިރާއެއްގައި ކެމްޕެއިން ހިންގުމަށާއި، މި ހަރަކާތުގައި ބައިވެރިވުމަށް ސިޔާސީ ޕާޓީތަކާއި، ޖަމިއްޔާތަކަށް ދައުވަތު ދިނުމަށާއި، މި މީހުންނާއި ގުޅިގެން މުޅި ރާއްޖެއަށް ސިޔާސީ ހަރަކާތްތައް ފުޅާކޮށް،އެކިއެކި އިހުތިޖާޖް ރާވާ ހިންގުމަަށްވެސް މަހްފޫޒް ހުށަހެޅި ޤަރާރުގައި ބުނެފައިވެއެވެ.

މީގެ އިތުުރުން އިސްލާހުކުރެވުނު ޤާނޫނާއި ގުޅިގެން އެއްވެސް މެމްބަރަކު ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ އެމްޑީޕީއާއި ގުޅިއްޖެ ނަމަ އެ މެންބަރަކު ތަމްސީލު ކުރި ދާއިރާއިން، މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި މަޖިލީހުން ވަކި ކުރި މެންބަރު ވާދަ ކުރާނަމަ އެ ޕާޓީން އެ މެންބަރަށް ތާއިދު ކުރުމާއި އެ މެންބަރަކު އަލުން އެ ދާއިރާއަށް އިންތިހާބު ކުރުމަށް އެ ޕާޓީން އެ މެންބަރަކާއެކު މަސައްކަތް ކުރުމަށް އެއްބަސްވުމަށް އެ އިޤްރާރުގެ ދަށުން އެމްޑީޕީން ވަނީ ފާސްކޮށްފައެވެ.

ގައުމީ މަޖިލީހަށް ހުށަހެޅި މި ގަރާރް ފާސްކޮށްފައި ވަނީ 89 މެންބަރުންގެ އިއްތިފާގުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-