-Advertisement-

-Advertisement-

މަސްވެރިންގެ ގުންޒަރު ފަށައިފި

"މަސްވެރިންގެ ގުންޒަރު" ފޯރަމް -- ފޮޓޯ: މަސްވެރިކަމާއި ބެހޭ ވުޒާރާ

މަސްވެރިންގޭ ގުންޒަރު ފޯރަމް” ގެ ނަމުގައި ޚާއްޞަ ފޯރަމެއް މިއަދު ފަށައިފިއެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ (އެމްއެފްއާރްއޭ) އާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގުޅިގެން ބާއްވާ މި ގުންޒަރުގައި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމުގެ އިތުރުން މިފްކޯގެ ސީއީއޯ ޑރ. ހުސައިން ރަޝީދު ޙަސަން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ގުންޒަރުގައި މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ކެޔޮޅުންނާއި މަސްވެރިން އަދި މަސްވެރިކަމުގެ ދާއިރާގައި މަސް ޕްރޮސެސްކޮށް މި ވިޔަފާރީގައި އުޅުއްވާ ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގެން ކުރައްވާ ސުވާލުތަކަށް މިނިސްޓްރީއާއި މިފްކޯގެ ފަރާތުން ޖަވާބުދީ އެކަންކަން ތަފްސީލް ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުންވެސް މަސްވެރިކަމުގެ ދާއިރާއާއި ގުޅުން ހުރި އެހެނިހެން މަޢުލޫމާތު ދިނުމާއި ދާއިރާގެ ކުރިއެރުމަށް ކުރެވިދާނެ ކަންކަމާއި ގުޅެގޮތުން މަޝްވަރާކުރުމުގެ އިތުރުން މަސްވެރިންގެ ކަނބޮޑުވުންތަކާއި އެކަންކަމަށް ޙައްލު ހޯދުމުގެ ގޮތުން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މި ގުންޒަރުގައި ޚިޔާލުބަދަލުކޮށް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މަސްވެރިމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ގިނަ ކަންކަމެއް ސަރުކާރުން އިއުލާނު ކުރަމުން އަންނަ އިރު މަސްވެރިންނާއި ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށް ރައީސް މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ތެރެއިން މިދިޔަ ހަފުތާވެސް އެމަނިކުފާނު ވަނީ ކެޔޮޅުންނާ ބައްދަލުކުރައްވައި އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އައްސަވައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-