މާފަންނު މެރީ ބްރައުން ކުރިމަތީގައި ޕާކްކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ، މެރީ ބްރައުން ކުރިމަތީގައި ޕާކްކޮށްފައި އޮތް ކާރެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 11:48 ހާއިރު ލިބިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާކަމަށެވެ.
އެގޮތުން އެ ކާރުގައި ރޯވި އަލިފާންގަނޑު 12:56 ހާއިރު ނިއްވާލެވިފައިވާކަމަށް އެމްއެންޑީއެފުން ބުނި އިރު މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެ ކާރުގައި އަލިފާން ރޯވުމަށް މެދުވެރިވި ސީދާ ސަބަބެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.