-Advertisement-

-Advertisement-

އަލިފާނުގެ ހާދިސާއާއި ގުޅިގެން މަސްވެރިންގެ ދުވަހުގެ ޖަލްސާ ފަސްކޮށްފި

ގްރީން ބިލްޑިންގުގައި އަލިފާން ރޯވެފައި - ފޮޓޯ/ މި ނޫސް

މާދަމާ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ މަސްވެރިންގެ ދުވަހުގެ ޖަލްސާ ހައުސިންގެ މިނިސްޓްރީގެ އިތުރުން ސަރުކާރުގެ އެހެން އޮފީސްތައްވެސް ހިންގަމުން އައި އިމާރާތުގައި އަލިފާން ރޯވެ މުޅި ބިލްޑިންގް އަނދައި ހުލިވި ހާދިސާއާއި ގުޅިގެން ފަސްކޮށްފިއެވެ.

44 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ކުރިން ބޭއްވުމަށް ތާވަލްކުރެވިފައި ވަނީ މާދަމާ ރޭ ނަމަވެސް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކުރީ، މިއަދުގެ ހާދިސާ އާއި ގުޅިގެން އެ ޙަފްލާ ފަސްކުރެވިފައިވާކަމަށެވެ.

ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވުމަށް އޮތް މި ޖަލްސާ ފަސްކުރެވިފައިވަނީ ކޮން ތާރީޚަކަށް ކަން އެ މިނިސްޓްރީން ހާމަކޮށްފައި ނުވި ނަމަވެސް މިނިސްޓްރީން ބުނީ، އެ ހަފްލާއަށް ދައުވަތު އެރުވިފައިވާ ފަރާތްތަކަށް ހަފްލާ ބާއްވާނެ ދުވަހެއް ހިއްސާ ކުރާނެ ކަމަށެވެ.

އަމީނީ މަގު، ދިވެހިރާއްޖޭގެ އަޑު ކުރިމަތީގައި ހުންނަ ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ދެ ތަން ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ. އަދި އެ އިމާރާތާ ކައިރީގައި ހުންނަ ގްރީން ބިލްޑިންގައި ވެސް އަލިފާން ރޯވެ ގެއްލުންތަކެއް ވިއެވެ. އެއީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ހިންގަމުން އަންނަ އިމާރާތެވެ.

މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން އެ ސަރަހައްދުގައި އުޅޭ ޖުމުލަ 50 މީހަކަށް ވަގުތީ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ހައުސިންގް މިނިސްޓްރީން ބުނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-