-Advertisement-

-Advertisement-

ހަތަރު އޮފީހެއްގެ މަސައްކަތްތައް ވަގުތީގޮތުން ދަރުބާރުގޭގައި ފަށައިފި

މިއަދު ދަރުބާރުގޭގައި ހަތަރު އޮފީހެއްގެ މަަސައްކަތްތައް ފެށުން -- ސަން ފޮޓޯ

މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު އަމީނީ މަގުގައި ހުންނަ ހައުސިންގް މިނިސްޓްރީގެ އިމާރާތާއި ސަރުކާރުގެ އެހެނިހެން އޮފީސްތައް ހިނގަމުން އައި އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެ އިމާރާތް އެއްކޮށް އަނދައި ހުލިވުމާއި ގުޅިގެން އިމާރާތުގައި ހިންގަމުން އައި ހަތަރު އޮފީހެއްގެ މަސައްކަތްތައް ދަރުބާރުގެއަށް ވަގުތީގޮތުން ބަދަލުކޮށް މަސައްކަތް ފަށައިފިއެވެ.

އެ ހާދިސާގައި އަމީނީ މަގު، ދިވެހިރާއްޖޭގެ އަޑު ކުރިމަތީގައި ހުންނަ ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ދެ ތަން ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ. އަދި އެ އިމާރާތާ ކައިރީގައި ހުންނަ ގްރީން ބިލްޑިންގައި ވެސް އަލިފާން ރޯވެ ގެއްލުންތަކެއް ވިއެވެ. އެއީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ހިންގަމުން އަންނަ އިމާރާތެވެ.

އެގޮތުން މި ހާދިސާއާއި ގުޅިގެން އެ ތިން މިނިސްޓްރީގެ އިތުރުން އީޕީއޭގެ މަސައްކަތްތައް ވަގުތީގޮތުން މެދުކަނޑާލި ނަމަވެސް ވަގުތީގޮތުން ދަރުބާރުގޭގައި ސެޓަޕްތައް ޖަހައި މިއަދު ވަނީ އަލުން މަސައްކަތްތައް ފަށައިފައެވެ.

އަލިފާނުގެ ހާދިސާގައި މާލޭ ސިޓީ ކައުންސިލްގެ ދަފްތަރާއި ގުޅޭ ގިނަ ލިޔެކިޔުންތަކެއްވެސް ވަނީ ހަލާކުވެފައެވެ. އެހެން ނަމަވެސް އޭގެ ތެރެއިންވެސް ބައެއް ލިޔެކިޔުންތައް ސަލާމަތްކުރެވުނު ކަމުގައި މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ނަރީޝް ވަނީ ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-