-Advertisement-

-Advertisement-

އދ އަތޮޅުގެ ރަށްތަކަށް އާރްޓީއެލްގެ ޚިދުމަތް ފަށަނީ

ރައީސް ޑރ. މުޙައްމަދު މުއިއްޒު އަރިއަތޮޅު ކައުންސިލާ ބައްދަލު ކުރެއްވުން- ފޮޓޯ: ރައީސް އޮފީސް

މުޅި ރާއްޖެ ފެރީގެ ނިޒާމުން ގުޅާލައި ދަތުރުފަތުރު ލުއި ފަސޭހަ ކުރުމުގެ ގޮތުން އެމްޓީސީ މެދުވެރިކޮށް ދެމުން އަންނަ އާރްޓީއެލްގެ ޚިދުމަތް އަރިއަތޮޅުގެ ރަށްތަކަށް ފެށުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހާރު އަރިއަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އދ އަތޮޅު ކައުންސިލާއި ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ތެރެއިން އެ ކައުންސިލުން އެދިވަޑައިގެން ކަންކަމުގެ ތެރޭގައި ހިމެނޭ އާރްޓީއެލްގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، އެ އަތޮޅު ސުކޫލުތަކުގައި ސޯލާ ހަރުކުރުމުގެ އިތުުރުން އަތޮޅު ކައުންސިލަށް އާމްދަނީ ހޯދުމަށް މަގުފަހިވާނެ ގޮތަކަށް އދ ލޮނުބޯ، ބޭނުންކުރެވޭނެ ގޮތް ހައްދަވައިދެއްވުމަށާއި އަތޮޅުގެ ޞިއްޙީ ޚިދުމަތް ތަރައްޤީކުރުމަށާއި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށާއި ފަތުރުވެރިކަން ފުޅާކުރުމަށް ބޭނުންވާކަން ވަނީ ފާހަގަކުރައްވައިފައެވެ.

އަދި ހަމައެޔާއެކު އެ އަތޮޅު ކައުންސިލުން ވަނީ އަތޮޅުގައި ޕިކްނިކް ދާނެ ރަށްތައް މަދުކަން ފާހަގަކުރައްވައި އެކަން ފަހިކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

އާރްޓީއެލްގެ ޚިދުމަތަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން، މުޅި ރާއްޖެ ފެރީގެ ނިޒާމުން ގުޅައިލުމަށްޓަކައި އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

އާރްޓީއެލްގެ ދަށުން މުޅި ރާއްޖެ ހަ ޒޯނަކަށް ބަހާލައި ބައެއް ޒޯންތަކުގައި ހިމެނޭ ރަށްތަކަށް ކަނޑައެޅޭ ތާވަލެއްގެ ދަށުން މިހާރުވެސް އާރުޓީއެލްގެ ޚިދުމަތް އަންނަނީ ދެމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-