2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފިއެވެ.
އެގޮތުން މީލާދީ އަހަރު ފެސޭ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކށް ވެފައި އެއަޢި ޖެހިގެން އަންނަ ދުވަސް ދިމާވަނީ ބުރާސްފަތި ދުވަހަކަށް ވާތީ ހަފްތާ ބަންދާއި ދިމާވާހެން އެ ދުވަސްވެސް ބަންދުކުރުމަށް ރައީސް ނިންމެވީކަމުގައި ރައީސް އޮފީހުން ބުނެއެވެ.
މިފަދައިން ރައީސް ނިންމެވީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް، މުވައްޒަފުންނަށް ޗުއްޓީ ލިބޭ ގޮތަށް ހަމަޖައްސަވައި ދެއްވުމުގެ ގޮތުން ކަމުގައިވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
ރައީސްގެ މި ނިންމެވުމާއެކު ކުރިއަށް އޮތް އާ އަހަރާ ދިމާކޮށް ހަތަރު ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ.