-Advertisement-

-Advertisement-

ބިންވެރިޔާ ގޯތީގެ މައްސަލައިގައި އެމްޑަބްލިވްއެސްސީގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރުވެސް ސަސްޕެންޑްކޮށްފި

ފޮޓޯ/ އެމްޑަބްލިޔުއެސްސީ

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ލިޔެ ކިޔުންތަކެއް ފޯޖް ކޮށްގެން ގޯތިތަކެއް ދީފައިވާ މައްސަލައާއި ގުޅިގެން ސަރުކާރުގެ ފެން ކުންފުނި އެމްޑަބްލިވްއެސްސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދު ސަސްޕެންޑްކޮށްފިއެވެ.

އެ ކުންފުނިން މިއަދު ހާމަކޮށްފައިވާގޮތުގައި މިއަދުން ފެށިގެން  އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ ފަޒީލް މިއަދުން ފެށިގެން ހުރިހާ ޒިންމާ ތަކަކުން ވަކިކޮށް އޮފީހަށް ނުނިކުމެވޭ ގޮތަށް ވަނީ ސަސްޕެންޓް ކުރެވިފައެވެ.

އެމްޑަބްލިވްއެސްސީން އިތުރަށް ބުނެފައިވަނީ ފަޒީލް ސަސްޕެންޑްކޮށްފައިވަނީ  ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ގުޅޭގޮތުން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ޖާގަދީ ފުރިހަމައަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.

މި ތަހުގީގަށް ޖާގަ ދިނުމުގެ ގޮތުން އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝިދުވެސް ވަނީ ސަސްޕެންޑްކޮށްފައެވެ.

މިކަމާއި ގުޅިގެން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން ދާ ދަނޑިވަޅެއްގައި ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، މިކަމާގުޅިގެން ގޯތި ލިބިފައިވާ އެއްވެސް ފަރާތެއްގެ އެއްވެސް ޙައްޤަކަށް އުނިކަމެއް ލިބިފައިނުވާކަން އަދި ނުވެސް ލިބޭނެކަމުގެ ޔަޤީންކަން ހުރިހާ ފަރާތްތަކަށް އަރުވާކަމަށެވެ.

މި މައްސަލައާއި ގުޅިގެން އެޗްޑީސީން ރޭ ބުނެފައިވަނީ “ބިންވެރިޔާ” ސްކީމްގެ ދަށުން އެޗްޑީސީން އެއްވެސް ބިމެއް ނުދޭނެ ކަމަށާއި އެ ސްކީމްގެ ދަށުން ބިން ލިބޭ އެއްވެސް މީހަކު އިސްތިސްނާވާ ގޮތަކަށް އެޗްޑީސީން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-