-Advertisement-

-Advertisement-

ފަޒުލްއާއި އެބޭފުޅާގެ ބޭބެ ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފި

އާބަންކޯގެ އެމްޑީ ފަޒުލް . ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯތިތަކުން ގޯތިތަކެއް ލިޔުންތައް ފޯޖްކޮށްގެން ގޯތި ނުލިބޭ ބަޔަކަށް ދިން މައްސަލައާއި ގުޅިގެން  އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހު ނެރުނު “ބިންވެރިޔާ” ސްކީމްގެ ގޯއްޗަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓްގައި ފަޒީލްގެ ނަން ނެތް ނަމަވެސް އޭނާއަށް ލިބުނު ގޯތީގެ ވަށާ ފާރު ވެސް މިހާރު ހުރީ ރާނައިފައެވެ.

މި މައްސަލައާ ގުޅިގެން ޕިބީސީން ވަނީ މައްސަލައިގެ ތަހުޤީގަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޗްޑީސީގެ އެމްޑީ ފަޒުލްވެސް ހިމެނޭގޮތަށް އެ ކުންފުނީގެ ބޯޑުގެ މެމްބަރުން ސަސްޕެންޑް ކޮށްފައެވެ. އަދި އެމްޑަބްލިއު އެސްސީން ވަނީ އެ ކުންފުނީގެ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުވެސް ސަސްޕެންޑްކޮށްފައެވެ.

މިކަމާއި ގުޅިގެން ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި  އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ޝަރީފް ވަނީ މި މައްސަލައާއި ގުޅިގެން ފަޒީލާ ސުވާލުކުރުމުން އޭނާއަށް ލިބުނު ގޯއްޗަކީ އެންމެ ފުރަތަމަ އެކުލަވާލި ލިސްޓްގައި ޝަރުތު ހަމަނުވުމުން ހައުސިންގް މިނިސްޓްރީއަށް ޝަކުވާ ހުށަހަޅައިން ކުރީ ސަރުކާރުގައި ހަމަޖައްސައިދިން ގޯއްޗެއްކަން އެނގިފައިވާކަމަށެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ތަހުގީގު މިހާރު ކުރިއަށް މިސްރާބަކީ “ބިންވެރިޔާ” ލިސްޓުން ބޭރުން ދޫކޮށްފައިހުރިކަން އެނގިފައިވާ ބިންތަކުގެ އިތުރަށް ބިންތަކެއް ދޫކޮށްފައި ހުރިތޯ ބެލުން ކަމަށެވެ.

ގޯތި ވައްކަމުގެ މައްސަލަ ސަމާލު ކަމަށް އައީ ފަޒީލް ރަޝީދުގެ ޝަރުތު ހަމަނުވި ނަމަވެސް، އޭނާއަށް ގޯތި ދީފައިވާ ލިޔެކިޔުމެއް ސޯޝަލް މީޑިއާއަށް ލީކުވުމާ ގުޅިގެންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-