-Advertisement-

-Advertisement-

ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވެ ފެން ހިންދަން ސިފައިން ނިކުމެއްޖެ!

ރޭ މާލެއަށް ބޯކޮށް ވާރެ ވެހި މާލޭގައި ފެންބޮޑުވުނުގެ ސަބަބުން ފެން ހިނގުމުގެ މަސައްކަތަށް ސިފައިން ނިކުމެއްޖެއެވެ.

ރެއާއި ރޭ ފަތިހު މާލެއަށް ހުއްޓައި ނުލައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، ބައެއް ގެތަކަށް ވެސް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފައެވެ.

https://x.com/MNDF_Official/status/1870322754710614233?t=AEKVXb3LnCaITFC5G7SuLw&s=19

އެގޮތުން އެމްއެންޑީއެފުން ހާމަކުރި ގޮތުގައި މާލޭގެ އެކި ސަރަހައްދުތަކުން ފެން ހިންގުމާއި ފެން ބޮޑުވެފައިވާ ސަރަހައްދުތަކުގެ ގެތަކަށް ވެލި ބަސްތާ ޖެހުމުގެ މަސައްކަތް އެމްއެންޑީއެފުން މިހާރު ވަނީ ފަށައިފައެވެ.

އެގޮތުން މާލޭގެ ފަސް ސަރަހައްދެއްގައި 16 ޕަމްޕު ބަހައްޓައިގެން، ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެއިދާރާއިން ބުނެއެވެ.

ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި އިއްޔެ އެންމެ ގިނަ އަދަދަކަށް ވާރޭވެސް ވެހިފައިވަނީ މާލެއަށެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-