ގިނަ އަދަދެއްގެ ފައިސާއާއި މަސްތުވާތަކެއްޗާއެކު ހިޔާ ފްލެޓް H9-20-11 އިން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
މި ހަތަރު މީހުންވެސް ހައްޔަރުކޮށްފައިވަނީ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހިޔާ ފްލެޓްގެ އެޕާޓްމަންޓެއް ބަލައިފާސްކޮށްގެން ކަމުގައި ފުލުހުން ބުނެފައިވެއެވެ.
އެގޮތުން އިއްޔެ ހައްޔަރުކުރި ތިން މީހުންނަކީ، ގ. ސެމިޓޯން، އުމުރުން 40 އަހަރުގެ އިބްރާހީމް ޝަރީފާއި ގއ. ކޮލަމާފުށި/ އޯޝަންބްލޫ، އުމުރުން 41 އަހަރުގެ ޢަބްދުﷲ ޙަސަންގެ އިތުރުން ހދ. ނޭކުރެންދޫ/ އިރުދޭމާގެ، އުމުރުން 33 އަހަރުގެ ޙުސައިން ރިޔާޒު (33އ) އަދި ގއ. ދާންދޫ/ ވަލުތެރޭގެ، އުމުރުން 32 އަހަރުގެ ޢަބްދުﷲ ޖަމީލެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މި މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން، އެ އެޕާޓްމަންޓް ބަލައިފާސްކުރިއިރު، މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ގިނަ އަދަދެއްގެ ފައިސާގެ އިތުރުން ގިނަ އަދަދެއްގެ މޯބައިލް ފޯނާއިވެސް އެކުގައި ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙުޤީގު ކުރަމުންނެވެ.