އެޗްޑީސީގެ ބެލުމުގެ ދަށުން ބަލަހައްޓަމުން އަންނަ ފަރުކޮޅުފުށީ އޮފީހުން ގެއްލުނު 5 ލެޕްޓޮޕެއް ފުލުހުން ހޯދައިފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި ލެޕްޓޮޕްތައް ގެއްލުނު ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭގެ ވަގުތެއްގައެވެ.
މި ލެޕްޓޮޕްތައް ހޯދިފައިވާކަން ހާމަކޮށް ފުލުހުން ބުނެފައިވަނީ، މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ މިވަގުތު ހުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުގައިކަމަށެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.