އެޕަލް ކުންފުނިން ނެރޭ އައިފޯން ސީރީސްގެ އެންމެ ފަހުގެ މޮޑެލް އައިފޯން 15 ނެރޭ އިވެންޓް މިރޭ ރާއްޖެ ގަޑިން 10 ޖަހާއިރު އޮންނާނެއެވެ.
މި އިވެންޓްގައި އައިފޯން 15 ސިރީސް, އެޕަލް ވޮޗް ސީރީސް 9 ދައްކާލެންއެވެ. އަދިވެސް އެކުންފުނީގެ އެންމެފަހުގެ ސޮފްޓްވެޔާ އާމުންނަށް ނެރޭނެ ތާރީހެއްވެސް މިރޭ ހާމަކުރާނެއެވެ.
“ވޮންޓާލަސްޓް” ގެ ނަމުން ނަންދެވިފައިވާ މި އިވެންޓް ޔޫޓިއުބް އަދި އެޕަލް ވެބްސައިޓުން ވެސް ސްޓްރީމް ކުރާނެއެވެ.