-Advertisement-

-Advertisement-

އެއްވުން ހަނިކޮށްފައިވާ މާއްދާ އުވާލަން ހުށަހަޅާފައިވާ އިސްލާހު ފާސްކުރަން އެޗްއާރްސީއެމުން ގޮވާލައިފި!

ވަކި ސަރަހައްދެއްގައި ނޫނީ އެއް ނުވެވޭ ގޮތަށް ގާނޫނުގައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް މަޖިލީހަށް ހުށަހަޅާފައި އޮތް ބިލު ފާސްކުރަން ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު ގޮވާލައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހުއްދަ ހޯދުމަކާ ނުލައި މާލޭގެ ކާނިވާ ނޫން ސަރަހައްދަކަށް އެއްވުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަކީ މި ސަރުކާރުގެ ވައުދެކެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ ވައުދު ފުއްދާފައިނުވާތީ އެޗްއާރްއެސީއެމުން ނެރުނު ބަޔާނެއްގައި ބުނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު މިހާރު ހަނިކޮށްފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ.
ހުއްދަ ހޯދުމަކާ ނުލައި އެއްވުން މަނާ ކުރާ މާއްދާ އުވާލުމުގެ ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ. އެ ބިލުގެ މަސައްކަތް ކުރިއަށް ނުގެންދެވި, ކޮމިޓީގައި އޮތީ ޕާކުވެފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-