-Advertisement-

-Advertisement-

ޑިމޮކްރެޓްސްގެ ޝަރުތަކީ 25 ވަނަ ދުވަހު ނިޒާމީ ވޯޓެއް ނެގުން!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސް ޕާޓީން މި މަހު 25 ގައި ނިޒާމީ ވޯޓަކަށް ދިއުމަށް ހުށަހަޅައިފި އެވެ.
އެ ޕާޓީން ހުށަހެޅީ 25 ގައި ނަގާ ވޯޓުގައި ނިޒާމް ބަދަލުކުރަން ރައްޔިތުންނަށް ވޯޓު ދީފި ނަމަ 30 ވަނަ ދުވަހު ހޮވޭ ރައީސަކީ ބަރުލަމާނީ ނިޒާމެއްގެ ރައިސުލްޖުމްހޫރިއްޔާ ކަމަށް ކަނޑައެޅުމަށެވެ.
ވަނަ ބުރުގައި ޕާޓީން ކަންކުރާނެ ގޮތެއް ނިންމުމަށް އެ ޕާޓީން ދެ ކެންޑިޑޭޓުންނާ މަޝްވަރާކުރަމުން އަންނައިރު، އެ ޕާޓީގެ ރަނިންމޭޓު އިލްޔާސް ލަބީބް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދެވަނަ ބުރުގެ ކުރިން ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ރައްޔިތުންނަށް ދޭންޖެހޭ ކަމަށެވެ.
އިލްޔާސްގެ ރަނިންމޭޓު ހުސެއިން އަމްރު މިއަދު ވިދާޅުވީ ކޯލިޝަންގެ މަޝްވަރާއަކީ އެއީ ކަމަށާއި ރައްޔިތުންގެ ވެރިކަމެއް ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައި ކުރެވޭނީ އެގޮތަށް މަސައްކަތް ކުރެވޭ ނިޒާމެއް އޮވެގެން ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-