-Advertisement-

-Advertisement-

“ވޯޓަކީ ޑިމޮކްރެސީގެ އަސާސެއް”؛ ހަބީބް އެދެނީ ހައްގު އަދާކުުރަން!

ވޯޓު ދިނުމުގެ ހައްގު ފުރިހަމައަށް އަދާކުރުމަކީ ޑިމޮކްރަސީގެ އަސާސެއް ކަން ފާހަގަކޮށް، ކޮންމެ ހާލަތެއްގައި ވެސް އެ ހައްގު އަދާކުުރަން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް އެދިވަޑައިގެންފި އެވެ.
ޑިމޮކްރެސީ ދުވަހާ ގުޅިގެން ހަބީބް މިއަދު ވިދާޅުވީ، ސަރުކާރު ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިހާބު ކުރެވިގެން ހޮވޭ ދެ ބާރު ކަމަށާއި މިއަދު އިންތިހާބުގެ ވާހަކަ ދެއްކުން ވަރަށް މުހިންމު ކަމަށެވެ.
ހަބީބް ވަނީ މި މަހު 30 ވަނަ ދުވަހު ލާ ވޯޓަކީ މިނިވަންކަމާއި އިންސާފުވެރިކަމާ އެކީގައި އެއްވެސް ޖެހިލުމެއް ނެތި، އެއްވެސް ބިރެއް ނެތި، އެއްވެސް ނުފޫޒެއް ނެތި ލާ ވޯޓަކަށް ހެދުމަށް އިލްތިމާސްކުރައްވައިފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-