ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް މަޝްވަރާ ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ޖަލުގައި އޮންނެވި އިދިކޮޅު ލީޑަރު ޔާމީން އަބްދުލްގައްޔޫމާ މާދަމާ ބައްދަލުކުރައްވަން ވަޑައިގަންނަވާ ކަމަށް ވިދާޅުވެއްޖެ އެވެ.
ދޮންމަނިކު ކެފޭގައި ޑިމޮކްރެޓްސްގެ ސަޕޯޓަރުންނާ މިއަދު ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ، މި މަހުގެ 25 ގައި ނިޒާމީ ވޯޓު ނެގުމަށް އެހީ ހޯއްދެވުމަށް މީގެ ކުރިން ބަރުލަމާނީ ނިޒާމަކަށް ތާއިދުކުރެއްވި ޔާމީނާ ބައްދަލުކުރައްވާނެ ކަމަށެވެ.
ޑިމޮކްރެޓުގެ އެ ހުށަހެޅުން ވަނީ ދެ ވަނަ ބުރަށް ދިޔަ ދެ ކެންޑިޑޭޓުންނަށް ވެސް ހުށަހަޅައިފަ އެވެ. ޕީޕީއެމުން ދެކޮޅު ހެދުމުން މިވަގުތު މަޝްވަރާ ކުރަނީ އެމްޑީޕީއާއެކު އެކަނި ކަމަށް އެ ޕާޓީން ރޭ ވަނީ ބުނެފަ އެވެ.