މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓު ލުމަށް، ޖަލުގައި އޮންނެވި އިދިކޮޅު ޕީޕީއެމްގެ ލީޑަރު ޔާމީން އަބްދުލްގައްޔޫމް ރެޖިސްޓާވެވަޑައިގެންފި އެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނެވި ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ވިދާޅުވީ ފުރަތަމަ ބުރުގައި ހަމަނުޖެހުނުނަމަވެސް، ދެ ވަނަ ބުރުގައި ވޯޓުލުމުގެ އިންތިޒާމު ހަމަޖައްސައިފައިނުވާ ކަމަށެވެ.
ވޯޓުލާން ޖަލަށް ރީރެޖިސްޓާކުރައްވާފައިނުވާތީ، ފުރަތަމަ ބުރުގައި ޔާމީން ވޯޓު ނުލައްވަ އެވެ.