-Advertisement-

-Advertisement-

އެމްއެންޑީއެފްއިން ބުނީ އުތުރުތިލަފަޅުގައި ބޭރު ގައުމެއްގެ ސިފައިން ނުތިބޭނެ ކަމަށް!

އުތުރުތިލަފަޅުގައި އިންޑިއާ ސިފައިން ތިބޭ ކަމަށް އިދިކޮޅުން ކުރާ ތުހުމަތު ދޮގުކޮށް، ސިފައިންގެ މުވައްސަސާގެ އަގު ވައްޓާލައި، ސިފައިންގެ ތަރައްގީއަށް އުނިކަން އަންނަ ގޮތަށް ހަގީގަތާ ހިލާފު ހަބަރުތައް ނުފަތުރަން އެމްއެންޑީއެފުން އެދިއްޖެއެވެ.
އެމްއެންޑީއެފުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެތަނުގައި ދިވެހިން ސިފައިންގެ ފުލް ކޮންޓްރޯލް އޮންނާނެ ކަމަށާއި އެތަނުގައިވާ ހުރިހާ ވަސީލަތްތަކަކީ ވެސް ދިވެހި ދައުލަތުގެ ފުރިހަމަ ބާރު ހިނގައި ދިވެހިންގެ އަމިއްލަ މިލްކިއްޔާތެއް ކަމަށެވެ.
އުތުރުތިލަފަޅު ތަރައްގީ ކުރުމުގެ މަޝްވަރާ ފުރަތަމަ ކުރެވުނީ 2013 ގައި ކަމަށާއި އުތުރު ތިލަފަޅުގައި އަސްކަރީ މަޝްރޫއެއް ހިންގަން އެއްބަސްވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށް ބުނެފައިވެ އެވެ.
“ކުރީގެ ސަރުކާރުން 2013 ވަނަ އަހަރު ހުށަހަޅާފައިވާ ބޮޑު އަސްކަރީ މަޝްރޫއުގެ ސްކޯޕް ހަނިކޮށް، މި ސަރުކާރުން 2019 ވަނަ އަހަރު އުތުރުތިލަފަޅުގައި ކޯސްޓްގާޑް އުޅަނދުފަހަރު އަޅާފައި ބާއްވާނެ ބަނދަރަކާއި އެ އުޅަނދުފަހަރު މަރާމާތުކުރާނެ ޑޮކްޔާޑެއް ތަރައްގީކުރުމަށް،” އެމްއެންޑީއެފުން ބުނެފައިވެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-