-Advertisement-

-Advertisement-

ބަރުލަމާނީއަށް އެއްބަސްނުވުމާއެކު، ދެ ޕާޓީއަށް ފާރިސްގެ 24 ޝަރުތެއް!

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ކޯލިޝަން ހެދުމަށް، އަމިއްލަ ގޮތުން ވާދަކުރެއްވި ފާރިސް މައުމޫން ދެ ކެންޑިޑޭޓުންނަށް ވެސް މުއްދަތަކާއެކު ޝަރުތުތަކެއް ހުށަހަޅައިފި އެވެ.
ފުރަތަމަ ބުރުގައި 3000އެއްހާ ވޯޓު ލިބުނު، ފާރިސް ހުށަހެޅުއްވި ޝަރުތުތަކުގެ ތެރޭގައި ރިޔާސީ ނިޒާމު ނޫން ނިޒާމަކަށް ނުދިއުމާއި ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު ޔާމީނަށް އިންސާފު ހޯދައިދިނުން ހިމެނެ އެވެ.
އަދި، އިިންޑިއާއާކު ހަދާފައި ހުރި އެއްބަސްވުންތަކުގެ ތެރެއިން އުތުރުތިލަފަޅު އެއްބަސްވުމާއި ހަނިމާދޫ އެއާޕޯޓު އެއްބަސްވުމާއި އައްޑޫ އެއާޕޯޓް އެގްރީމެންޓާއި އައްޑޫ ޕޮލިސް އެކަޑެޓީ އެގްރިމެންޓު ހާމަ ކުރުމާއި ޗާގޯސް މައްސަލައިގައި ރާއްޖޭގެ ސްޓޭންޑު ބަދަލު ކުރުން ވެސް ހިމަނައިފައިވެ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-