ކުރިއަށް އޮތް ދައުރުގައި ދެމި ހުންނަވާނީ އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އިންތިހާބުގައި ކުރިމަތިވި ނާކާމިޔާބީއަށްފަހު، މިއަދު ދެއްވި ވަދާއީ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މިއަދު ވިދާޅުވީ، މިވަގުތު ކުރަން އޮތް މަސައްކަތަކީ އެމްޑީޕީ ވަރުގަދަ ކުރުން ކަމަށެވެ.
ސިޔާސީ ކެރިއަރާމެދު ގޮތެއް ނިންމާނީ އެއަށްފަހުގައި ކަން ފާހަގަކޮށް ރައީސް ވިދާޅުވީ، މިވަގުތަށް އެންމެ މުހިންމީ ވަރުގަދަ އޮޕޮސިޝަނެއް ގާއިމް ކުރުން ކަމަށެވެ.