-Advertisement-

-Advertisement-

100 ވަނަ ވޯލްޑް ކަޕް 3 ބައްރެއްގެ، 6 ގައުމުގައި 

2030 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް އަކީ ވަރަށްވެސް ތާރީހީ ފަހަރެކެވެ. 1930 ގައި ފެއްޓި މި މުބާރާތަށް 100 އަހަރު ފުރޭ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯސްޓް ކުރާ ގައުމު ތަކަކީ މޮރޮކޯ، ޕޯޗުގަލް އަދި ސްޕެއިންއެވެ. ނަމަވެސް ވޯލްޑް ކަޕްއަށް 100 އަހަރު ފާހަގަ ކުރުމަށް ފުރަތަމަ 3 މެޗް ކުޅޭނީ އާޖެންޓީނާ، ޕެރަގުއޭ އަދި އުރުގުއޭގައި އެވެ.  

 

ދެކުނު އެމެރިކާގެ ތިން ގައުމެއްގައި 2030ގެ ވޯލްޑް ކަޕްގެ ފުރަތަމަ ތިން މެޗު ކުޅެން ފުރުސަތުދީފައިވަނީ ތާރީހީ ކާމިޔާބީ ފާހަގަކޮށް ވޯލްޑްކަޕްގެ ފެށުން އަލުން އިއާދަކުރުމަށްކަމަށް ފީފާއިން ހާމަކުރެ އެވެ 

މުބާރާތް ބައްވާ ގައުމުގެ ހައިސިއްޔަތުން ސްޕެއިން، ޕޯޗުގަލް އަދި މޮރޮކޯއަށް އޮޓޮމެޓިކް ކޮލިފިކޭޝަނެއް ލިބެއެވެ. މީގެ އިތުރުން ފުރަތަމަ 3 މިޗް ކުޅޭ އުރުގުއޭ، އާޖެންޓީނާ އަދި ޕެރެގުއޭވެސް އޮޓޮމެޓިކް ކޮލިފިކޭޝަނެއް ލިބެއެވެ.  

 

2034 ވަނަ އަހަރުގެ ވޯލްޑު ކަޕް ހޯސްޓް ކުރުމަށް ސައުދީ އަރަބިއްޔާއިން ދަނީ ތައްޔާރުވަމުންނެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ އޭޝިއާ އަދި އޯޝެނިއާ ބައްރަކީ ފުޓްބޯޅައިގެ ފުރުސަތުތައް މަދުން ލިބޭ ހިސާބަކަށްވުމާ އެކު މިފަދަ ބޮޑު މުބާރާތެއްގެ ފުރުސަތު މި ބައްރުގެ ގައުމުތަކަށް ވެސް ލިބެން ޖެހޭނެކަށާއި، 2034 ވަނަ އަހަރުގެ ވޯލަޑް ކަޕްގެ ބިޑްތަކުގައި މި ބައްރުގެ ގައުމުތަކަށް އިސްކަންދޭންކަމަށް ބުނެފައިވެއެވެ.   

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް އޮންނާނީ ކެނެޑާ، އެމެރިކާ އަދި މެކްސިކޯގައި އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-