އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި އިންތިހާބީ ރައީސް ހުންނަވާއިރު ކުރަންޖެހޭ ރަސްމީ މަސައައްކަތް ކުރުމަށް ގާނޫނިން ހަމަޖައްސަވަން ޖެހޭ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގާއިމް ކުރައްވައިފިއެވެ.
ގާނޫން ނަންބަރ 05/2010 – ވެރިކަން ބަދަލުވުމުގެ މަރުޙަލާއާ ބެހޭ ގާނޫންގެ ދަށުން އިންތިހާބީ ރައީސްއަށް ރަސްމީ އޮފީހަކާއި, ސަރުކާރު ބަދަލުވުމުގެ މަރުހަލާ “ ޓްރާންސިޝަން ޕީރިއަޑް” ގެ ކަންތަން ބަލަހައްޓާ އެންމެ އިސްފަރާތެއްގެ ގޮތުން “ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން” ގެ މަޤާމަށް ވެސް ބޭފުޅަކު އައްޔަން ކުރަން ޖެހެއެވެ،
އިންތިހާބީ ރައީސް ޑރ. މުއިޒުގެ ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަކީ ޕީއެންސީގެ ޗެއާޕާސަން އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. ސަރުކާރުގެ ފަރާތުން ކަންކަން ވިލަރެސްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފައި ވަނީ، ސެކްރެޓެރީ، ކޯޕަރޭޓް ސަރވިސް، ޙުސައިން ޢާމިރެވެ.
އިންތިހާބީ ރައިސް ޑރ. މުއިޒުގެ، ހައްދަވާފައިވަނީ މ. ދިމްޔާތުގައިއެވެ. ސަރުކާރުގެ އިދާރާތަކުން އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިޔެކިޔުން ފޮނުވަން ވާނީ “ގަވަރންމަންޓް އީ-ލެޓަރ މެނެޖްމަންޓް ސިސްޓަމް” މެދުވެރިކޮށް ފޮނުވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަދާޅުވެއެވެ.