އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމްގެ އެންމެ ފަހުގެ ވަރޝަން ކަމަށްވާ އެންޑްރޮއިޑް 14 ގޫގުލް އިން ނެރެފި އެވެ. މިއަދު ޕިކްސެލް ފޯނުތަކުން ލިބެން ހުރިއިރު، ސެމްސަންގް، ނަތިންގް، ވަންޕްލަސް، އަދި އިތުރު ފޯނުތަކުން މި އަހަރުގެ ފަހުކޮޅު ސަޕޯޓް ކުރާނެ އެވެ.
މި އަޕްޑޭޓުގައި ސެކިއުރިޓީ ފީޗާސްތަކާއި، ކަސްޓަމައިޒޭޝަން އަދި ޔޫއައި ޑިސައިން އަޕްޑޭޓްކުރެވިފައިވެއެވެ. އަދި މީގެ އިތުރުން ޕާސްކީ ސަޕޯޓް – ޕާސްވޯޑަކާ ނުލާ އެކައުންތަކަށް ރައްކާތެރިކަމާއި އެކު ލޮގިންވުމުށް ތާރަފްކޮއްއިވާ ފީޗާވެސް ހިމެނިފައިވެއެވެ. ޝޭޑީ ޑޭޓާ ބްރޯކަރުންނާ މުއާމަލާތް ކުރުމަށް ޕްރައިވެސީ ޕްރޮޓެކްޝަންސް، އަދި ހެލްތު އަޕްޑޭޓްސް ވެސް ގެނެސްދެ އެވެ.
އެންޑްރޮއިޑް 14 އަކީ ވަރަށް ބޮޑަށް ކަސްޓަމައިޒޭޝަން އަށް ފޯކަސް ކޮއްފައިވާ އަޕްޑޭޓެކެވެ. މިގޮތުން ލޮކް ސްކްރީން, އަދި ހޯމް ޕޭޗެ ބޭނުން ކުލަޔަކުން، ބޭނުން ފޮންޓަކުން ކަސްޓަމައިޒް ކޮއްލެވެއެވެ. އަދިވެސް ތަފާތް ޑިޒައިން ތަކުގެ ވިޖިޓްތައްވެސް ވަނީ ތައާރަފް ކޮއްފައިއެވެ.
ފާސްކީ ސަޕޯޓް އަކީ ޕާސްވޯޑް ލިޔުމުގެ ބަދަލުގައި ފޯނުގައި ބޭނުންކުރާ ތަފާތި ބަޔޯމެޓްރިކް (ފޭސް ސްކޭނާ ނުވަތަ ފިންގަރ ޕްރިންޓް) ބޭނުން ކޮއްގެން މިހާ ވެރިފައި ކޮށް ޕާސްވޯޑެއް ބޭނުން ނުވެ އެކި އެކައުންޓްތަކަށް ލޮގިން ވުމަށް ގޫލުލް އާއި އެޕަލް ކުންފުނިން ފަރުމާ ކުރަމުންދާ ނިޒާމެކެވެ. މި ނިޒާމުގެ ބޭނުން ކުރިއަށް އޮތްތާގައި ގިނަބަޔަކު ބޭނުން ކުރޭނެކަމަށް ލަފާކުރެވެއެވެ.
އެންޑްރޮއިޑްގެ އިތުރު ފީޗާސްތަކަށް ބާލާއިރު، އެކްސެސިބިލިޓީ ފީޗާސް ކަމަށްވާ ޕިންޗް ޓު ޒޫމް އާއި އެކު މެގްނިފިކޭޝަން ރަނގަޅު ކުރުމާއި މެގްނިފިކޭޝަން ސައިޒް ބަދަލުވާ ފަދަ ފީޗާސްތައް ހިމެނެ އެވެ.