-Advertisement-

-Advertisement-

ސްޓާލިންކް ހިދުމަތް ރާއްޖެއަށް ތައާރަފް ކޮއްފި

އީލަން މަސްކްގެ ސެޓަލައިޓް މެދުވެރިކޮށް އިންޓަރނެޓް ފޯރުކޮށްދޭ ސްޓާލިންކްގެ ހިދުމަތް ރާއްޖޭގައި ބޭނުން ކުރަން ފެށިކަން އެކުންފުނިން ހާމަކޮއްފިއެވެ. މިކަން ހާމަކޮއްފައިވަނީ މިއަދު ސްޓާލިންކް އެކުސް އެކައުންޓުގައި ޖެހި ޕޯސްޓަކުންނެވެ.
މިދިޔަ އޮގަސްޓްމަހު ސްޓާލިންކަށް އައިއެސްޕީ ލައިސެންސް ދީފައިވާ އިރު ދިވެހިރާއްޖެ ވެފައިވަނީ މި ހިދުމަތް މި ސަރަހައްދުގައި ތާއާރަފް ކުރި ފުރަތަމަ ގައުމަށެވެ. ރާއްޖޭގައި މި ހިދުމަތް ދިނުމަށް ސްޓާލިންކް ސާރަސެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ވަނީ ކުންފުޏެއް ރައްޖޭގައި ގާއިމް ކޮއްފައިވެއެވެ. ކޭންއިން ލައިސެންސް ދޫކޮއްފައިވަނީ މި ކުންފުނިއަށެވެ.
ސްޓާލިންކުން ރާއްޖެއަށް ހިދުމަތް ދޭން ފަށާފައިވާއިރު، އެ ކުންފުނީގެ ވެބްސައިޓުން މިހާރު އެމީހަކު ބޭނުންވާ ޕެކޭޖަކަށް އޯޑާރު ކޮށްލެވޭނެ އެވެ. އެ ކުންފުނީގެ ޕެކޭޖުތަކުގެ ތެރޭގައި މީހުން ދިރިއުޅޭ ގޭގެއަށް ހާއްސަ ޕެކޭޖުތަކާއި ވިޔަފާރިތަކާއި ހައި ޑިމާންޑު ޔޫސަރުންނަށް ހާއްސަ ޕެކޭޖުތަކުގެ އިތުރުން ކަނޑުމައްޗަށް ހާއްސަ ޕެކޭޖުތައް ހިމެނެ އެވެ. އެ ޕެކޭޖުތަކުގެ ތެރޭގައި 1000ރ. އިން ފެށިގެން ގޮސް 80،000ރ. ކޮންމެ މަހަކު ދައްކަންޖެހޭ ޕެކޭޖުތައް ވެސް ހިމެނެ އެވެ. ގޭގެއަށް ހައްސަ ޕެކޭޖުގައި މަހަކު ދައްކަން ޖެހެނީ 1000ރ އެވެ. ސްޓާލިންކުގެ ހިދުމަތް ހޯދުމަށް އެ ކުންފުނީގެ ހާޑުވެއާ ގަންނަން ޖެހޭނެ އެވެ. ގޭގެއަށް ހާއްސަ ސްޓާލިންކުގެ ހާޑުވެއާގެ އަގަކީ 10،000ރ. އެވެ.
ސްޓާލިންކުން ދަނީ މިހާރުވެސް 60އަށް ވުރެ ގިނަ ގައުމުތަކުގައި ހިދުމަށް ފޯރުކޮށްދެމުންނެވެ. ރާއްޖޭގައި ސްޓާލިންކް ވެގެން ގޮސްފައިވާނީ އައިއެސްޕީ ލައިސެންސުދިން 4 ވަނަ ސާވިސް ޕްރޮވައިޓާއަށެވެ.

 

 

ވ

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-