-Advertisement-

-Advertisement-

ހިއުމަންގެ އެއައި ޕިން: ސްކްރީނެއް ނުހުންނަ ސްމާޓް ފޯނެއް

ހިއުމަންގެ އެއައި ޕިން ޓެސްޓް ކުރަމުން ދާތީ މިހާރު ގާތްގަނޑަކަށް އަހަރެއްހާ ދުވަސްވެދާނެއެވެ. މިއީ މިހާރުގެ ޓެކް ޑިވައިސްތަކާ ވަރަށް ތަފާތު ޑިވައިސްއެކެވެ. މި ޑިވައިސްގައި އެއްވެސް ކަހަލަ ސްކްރީނެއް ނުހުންނާއެވެ. މި ޑިވައިސް ބޭނުން ކުރާނީ  އެމީހެއްގެ އަޑާއި އަދި އަތުގެ އިޝާރާތައް ބޭނުންކޮއްގެންނެވެ. އެއައި ޕިންގައިވާ ޕްރޮޖެކްޓަރުން އަތަށް ބޭނުންވާ އެއްޗެއް ޕްރޮޖެންޓް ކޮއްލަދެއެވެ.

ހިއުމަން އަކީ އެޕަލްގެ ކުރީގެ މުވައްޒަފުން ކަމަށްވާ ބެތަނީ ބޮންޖިއޯރްނޯ އާއި އިމްރާން ޗައުދަރީ ދެ މީހުން އިސްވެ އުފައްދާފައިވާ ކުންފުނިއެކެވެ. މި ކުންފުނީގެ އެންމެ ފުރަތަމަ ޕްރޮޓަކްޓަކީ އެއައި ޕިންއެވެ.

މި ޑިވައިސްގެ ފީޗާސްތަކަށް ބަލާއިރުގައި ސްޕީކަރަކާ, އިންޓަރނެޓް ފޯނެއް ބޭނުން ނުކޮށް ބޭނުން ކުރެވޭ ވަސީލައްވެސް ހިމަނާފައިވެއެވެ. އަދި މީގެ އިތުރުން މައްޝޫރު އެއައި ޗެޓް ބޮޓް,  ޗެޓް-ޖީޕީޓީ އިންޓަގްރޭޓް ކޮއްފައިވެއެވެ. އެއައިގެ ތަފާތު އުކުޅުތަށް ބޭނުން ކުރެވޭނެކަމަށް ހިއުމަން ބުނެއެވެ. މިސާލަކަށް އެއައި ޕިން ޖަހައިގެން ހުންނަ މީހެއްގެ, އަތުން އެއްޗެން ނަގައި އެއައި ޕިން ގާތުގައި  އަތުގައި އޮތީ ކޮންޗެއްތޯ އަހާލުމުން އެއަކީ ކޮއްޗެއްކަން އެއައި ޕިން އިން ބުނެދޭނެއެވެ.

ހިއުމަންގެ އެއައި ޕިންގެ އަގު ރަސްމީކޮށް ކަނޑައަޅާފައި ނުވި ނަމަވެސް ހަބަރުތަކުން ބުނާ ގޮތުގައި އެއައި ޕިންގެ އަގަކީ 700 އެމެރިކާ ޑޮލަރެވެ. އަދި މީގެ އިތުރުން ކޮންމެ މަހަކު 24 ޑޮލަރުގެ ސަބްކްރިޕްޝަން އެއްވެސް މި ޑިވައިސް ބޭނުން ކުރަން ބޭނުންވައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-