މިހާރު އިންރޭސީވިލާތުގައި ކުރިޔަށްދާ ހިނގާލުމަކީ މިހާތަނަށް ލަންޑަނުގައި ބޭއްވުނު އެންމެ ބޮޑު ހިނގާލުން ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.
ގާތްގަނޑަކަށް 800,000 މީހުން މި ހިންގާލުމުގައި ބައިވެރިވަނުންދާ ކަމަށް ލަންޑަންގެ މީޑިޔާތަކުން ރިޕޯޓްކުރެއެވެ.
ހިނގާލުމުގެ ބައިވެރިން އަޑު އުފުލަމުންދަނީ އިޒްރާއީލުން ހިންގަމުންދާ ލާ އިންސާނީ އަމަލުތައް ހުއްޓުވާ ގާޒާގައި އެހީއަށް ބޭނުން ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮއްދޭނެގޮތް ހަމަޖައްސައިދިނުމަށެވެ. އަދި އިގިރޭސިވިލާތުގެ ސަރުކާރުން މި ލާއިންސާނީ އަމަލު ހިންގަމުންދާ އިޒްރާއީލަށް ތާއީދުކޮށް މި ކަމަށް މަގުފަހި ކޮއްދޭކަމަށް ބުނެ އަޑު އުފުލަމުންނެވެ
ލަންޑަންގެ އާންމުން އިޒްރާއީލާ ދެކޮޅަށް އަޑުއުފުލަމުން ދިޔަ ނަމަވެސް އިގިރޭސީވިލާތުގަ ސަރުކާރުންވަނީ އިޒްރާއިލާ އެކުގައި ވާކަން ހާމަކޮށް އެހީ ވާނެކަމުގެ ޔަގީކަންވެސް ދެއްވާފައިއެވެ. އަދި އިގިރޭސީވިލާތުގެ ބޮޑު ވަޒީރު ރިޝީ ސުނަކް ވަނީ އިޒްރާއިލަށް ވަޑިއިގެން އެގައުމުގެ ބޮޑު ވަޒީރާ ބައްދަލު ކޮއްފައިއެވެ.
ރިޝީ ސުނަކް ވަނީ މިއަދު ކުރިޔަށް ދިއުމަށް ހަމަޖެހިފައިވާ ޕްރޯ ޕަލަސްތައިން ހިންގާލުން ހުއްޓާލުމަށް ގޮވާލާ އަމަލީ ގޮތުން އެކަމަށް މަސައްކަތް ކޮއްފައިއެވެ. ރިޝީ ވަނީ ހިނގާލުމުގައި ބައިވެރިވަނީ ގޭންގު ތަކުގެ މީހުން ކަމަށާއި, އެއީ ޓެރަރިޒަމް އަށް ތާއީދު ކުރާބައެއްކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކާފައިއެވެ.
މި ހިނގާލުމާއި ގުޅިގެން މިހާތަނަށް 90 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ނަމަވަސް ފުލުހުން ވަނީ އެއްވެސް ކަހަލަ ހަމަނުޖެހުމެއް މި ހިނގާލުމުގައި ހިގަމުން ނުދާކަން ހަށަވަރުކޮއްދީފައިއެވެ.
އިޒްރާއިލަށް ތާއީދު ކުރާ ބޮޑުވަޒީރު ރިޝީ ސުނަކްގެ ތާއީދުވަނީ ވަރަށް ބޮޑަށް އިގިރޭސީވިލާތުގައި ކުޑަވެފައިއެވެ. އަދި އަންނަ އަހަރުގައި އޮންނަ އިންތިހާބުގައި ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިދާނެކަމަށް ރިޕޯޓްތަށް ބުނެއެވެ.