-Advertisement-

-Advertisement-

ވިންޑޯރސް 12: އާ ޗިޕް އާކިޓެކްޗަރއަށް ފަރުމާކުރަމުންދާ މައިކުރޯސޮފްޓުގެ އާ އޯއެސް

މައިކުރޯސޮފްޓިން ވިންޑޯރސް 11 ނެރުނުތާ މިހާރު 2 އަހަރު ވެފައިވާއިރުގައި މި އަޕްޓޭޑާ އެކުގައި ވިޒުއަލް ޔޫއައިގެ ވަރަށް ބޮޑު ބަދަލެއް ވިންޑޯރސް އޯއެސް އަށް ގެނެވިފައިއެވެ. ނަމަވެސް ވިންޑޯރސް 11 ވެސް ފަރުމާ ކޮއްފައިވަނީ އެކްސް86 އާކިޓެކްޗަރ އަށެވެ.

2020 ވަނަ އަހަރު އެޕަލް ކުންފުނިން ނެރުނު އެމް ސީރީޒްގެ ޗިޕް ތަކާއެ އެކު ކޮމްޕިއުޓަރ އަދި ޗިޕް މެނުފެއްޗަރާއިންނަށްވަނީ ވަރަށްވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިއެވެ. އެމް ސީރީޒްގެ ޗިޕްތައް ވެގެން ގޮސްފައިވަނީ ޕާފޯމެންސް ރަނގަޅު, އެފިޝަންޓް ޗިޕްއަކަށެވެ. މި އާ ޗިޕް ފަރުމާކޮއްފައިވަނީ އާރމް އާކިޓެކްޗަރއަށެވެ.

މިހާރު އިންޓެލް އަދި އޭއެމްޑީ އިންވެސް ދަނީ އާރމް އާކިޓެކްޗަރގެ ޗިޕްތައް ފަރުމާކޮށް 2024 ވަނަ އަހަރު ބާޒާރަށް ނެރުމަށް ތައްޔާރުވަމުންނެވެ. ވިންޑޯރސް 12 ވެގެންދާނީ އާރމް އާކިޓެކްޗަރއަށް މައިކުރޯސޮފްޓިން ފަރުމާކުރާ އެކުންފުނީގެ ފުރަތަމަ އޯއެސްއަށެވެ.

ވިންޑޯރސް 12ގައި ބޮޑު ޔޫއައި ބަދަލުތަކެއް އަންނާނެކަމަށް ނުބެލެވޭ ނަމަވެސް ކުދި ކުދި ޔޫއައި ބަދަލު މި އާ އޯއެސްގައިވެސް ހިމެނޭނެކަމަށް ގަބޫލުކުރެވެއެވެ. މައިކުރޯސޮފްޓިން ނެރުނު މާކެޓިން ޓީޒާ ވީޑިއޯ އެއްގައި ދެއްކި ސްކްރީންޝޮޓް އެއްގައި ފެންނަ ސްކްރީނަކީ ވިންޑޯރސް 12ގެ ސްކްރީންޝޮޓް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މީގައި ފެންނަނީ މެކް އޯއެސް އާއި ވައްތަރު މަތީގައި ޓާސްކްބާ ހުންނަ ޔޫއައި އެކެވެ.

ވިންޑޯރސް 12ގެ ވެގެންދާނީ ވިންޑޯރސް ކޮމްޕިއުޓަރ ތަކަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ އަދި އާރމް އާކިޓެކްޗަރގެ ޗިޕްތައް އެންމެ ފުރިހަމައަށް ބޭނުން ކުރެވޭނެ އޯއެސްއަކަށެވެ. 2024 ވަނަ އަހަރުގެ 3 ވަނަ ކުއާޓާގައި މި އާ އޯއެސް ނެރޭނެކަމަށް ބެލެވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-