-Advertisement-

-Advertisement-

ސުއެލާ ބްރޭވަރމަން ހޯމް ސެކްރެޓަރީގެ މަގާމުން ވަކިކޮއްފި

އިގިރޭސީވިލާތުގެ ބޮޑު ވަޒީރު ރިޝީ ސުނަކް ކެބިނެޓަށް ގެންނަމުންދާ ބަދަލުތަކާއި އެކުގައި މިއަދު ވަނީ ސުއެލާ ބްރޭވަރމަން މަގާމުން ވަކި ކޮށް އެމަގާމަށް މިހާރުގެ ފޮރިން ސެކްރެޓަރީ ވަނީ އައްޔަން ކޮއްފައިއެވެ.

އިގިރޭސީވިލާތުގެ ބޮޑު ވަޒީރު ކެބިނެޓަށް ބަދަލުތަކެއް މިގެންނަނީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިހާބައް ތައްޔާރު ވުމުގެ ގޮތުންނެވެ. އެ ޕާޓީއިން އިންތިހާބައް ނުކުންނަވާނެ “ޓީމަކީ” މިހާރުގެ ކެބިނެޓްކަމަށް އިގިރޭސީވިލާތުގެ މީޑިޔާއަން ރިޕޯޓްކުރެއެވެ.

މިއީ ސުއެލާ ބްރޭވަރމަން ހޯމް ސެކްރެޓަރީގެ މަގާމް މި ދައުރުގައި ގެއްލުނު ދެވަނަ ފަހަރެވެ. ކުރީގެ ބޮޑު ވަޒީރު ލިޒް ޓްރަސްގެ ދައުރުގައިވެސް ހޯމް ސެކްރެޓަރީގެ މަގާމް ފުރުއްވީ ސުއެލާ ބްރޭވަރމަންއެވެ. ނަމަވެސް ލިޒް ޓްރަސްގެ އޯޑަރަށް ސުއެލާ ވަނީ އިސްތިއުފާ ދެއްވާފައިއެވެ. އިސްތިއުފާ ދެއްވިތާ 11 ދުވަސް ފަހުން ރިޝީ ސުނަކް ވަނީ ސުއެލާ ބްރޭވަރމަން ހޯމް ސެކްރެޓަރީގެ މަގާމަށް އައްޔަން ކޮއްފައިއެވެ.

މިހާރުގެ ފޮރިން ސެކްރެޓަރީ ޖޭމްސް ކްލީވަރލީ އަށް ހޯމް ސެކްރެޓަރީ ކަން ދެއްވުމުން ހުސްވެފައިވާ ފޮރިން ސެކްރެޓަރީ މަގާމަށް އައްޔަން ކޮއްފައިވަނީ ކުރީގެ ބޮޑު ވަޒީރު ޑޭވިޑް ކެމަރަންއެވެ. ބޮޑު ވަރީޒުކަން ކޮއްފައިވާ ބޭފުޅަކު މިގޮތަށް ސެކްރެޓަރީ އެއްގެ މަގާމަށް އައްޔަން ކުރުމަކީ ވަރަށް އިގިރޭސީވިލާތުގައި ނުހިގާ ކަމެކެވެ.

ސުއެލާ ބްރޭވަރމަން މަގާމުން ވަކިކޮއްފައިވަނީ އޭނާ ދެކޭ ހަރުކަށި ފިކުރުގެ ސަބަބުން މިދިޔަ ހަފްތާގައި ބޭއްވުނު ޕްރޯ ޕަލަސްތައިން ހިނގާލުންތަކަށް ފާޅުގައި ހުރަސް އެޅުމާއި, ވަންނާނެ ގެއެއްނެތި މަގުމަތި ވެފައިވާ މީހުންނަށް އެއީ އެމީހުންގެ “ލައިފް ސްޓައިލް” އެއް ކަމަށް ދޭހަވާހެން ދައްކަވާފައިވާ ވާހަކަތައް ހިމެނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-