އަޅުތަކުން އިމްތިޙާން ކުރެއްވުމުގައިވާ ޙިކްމަތް

thunderstorm, ocean, lightning

بسم الله الرحمن الرحيم ، الحمد لله رب العالمين، و الصلاة و السلام على رسول الله -صلوات الله و سلامه عليه- وعلى آله و صحبه أجمعين.

އަޅަކު ހަލާކުކޮށްލެއްވުމުގެ ބޭނުމުގައި الله تعالى އޭނާއަށް ބަލާތައް ކުރިމަތި ނުކުރައްވައެވެ. އެހެނަސް ﷲ تعالى އޭނާ އިމްތިޙާން ކުރައްވާ ކަން ކަށަވަރީ އޭނާގެ ކެތްތެރިކަމާއި އަދި އަޅުވެތިކަން އިމްތިޙާން ކުރެއްވުމަށްޓަކައެވެ.އެހެނީ ހަމަކަށަވަރުން ތަނަވަސް ކަމާއި އުފާވެރިކަމުގެ ދަނޑިވަޅުގައި ﷲ އަށް އަޅުވެތިވުން އަޅާގެ މައްޗަށްވާ ފަދައިން ދަތިކަމާއި އުނދަގޫގެ ދަނޑިވަޅުގައި ވެސް އެއިލާހަށް އަޅުވެތިވުމަކީ އަޅާގެ މައްޗަށްވާ ކަމެކެވެ. އޭނާ ހިތްއެދޭ އޭނާ ލޯބިވާ ކަންކަަމުގައި ﷲ އަށް އަޅުވެތިވާ ބީދައިން ހިތްނޭދޭ ކަންކަމުގައި ވެސް ﷲ އަށް އަޅުވެތިވާން ޖެހެއެވެ.

މީސްތަކުންގެ ތެރެއިން ގިނަ މީހުންނަކީ އެމިހުން ހިތްއެދޭ ކަންކަމުގައި ﷲ އަށް އަޅުވެތިވާ މީހުންނެވެ. ފަހެ ހުރިހާވެސް ކަމަކީ ބުރަވެގެންވާ ދަތި އުނދަގޫ ކަންތައްތަކުގައި ﷲ އަށް އަޅުވެތިވުމެވެ. އަޅުތަކުންގެ ދަރަޖަތައް ތަފާތުވުން ވަނީ އެކަމުގައެވެ. އަދި ﷲ ގެ ހަޟުރަތުގައި އަޅުތަކުންނަށް ލިބިގެންވާ މަންޒިލުތައް ތަފާތުވެގެންވަނީ އޭގެ މިންވަރުންނެވެ.

މަޞްދަރު : އިމާމް އިބްނުލް ޤައްޔިމް ރަހިމަހު ﷲ ލިޔުއްވާފައިވާ الوابل الصيب(١/٥)

ގުޅުންހުރި