-Advertisement-

-Advertisement-

ތެޔޮ ގާޒާއަށް އެތެރެނުކޮއްފިނަމަ 48 ގަޑި އިރުތެރޭ ގާޒާގެ އިންސާނީ އެހީވުމުގެ މަސައްކަތް ހުއްޓޭނެ

އިސްރާއީލުން ގާޒާއަށް ވަންނަ ދޮރުތައް ބަންދުކުރުމުން ތެލުގެ ދަތިކަން މެދިވެރިވެ ހާލުގައި ޖެހިފައިވާ މީހުނަށް ބޭނުންވާ އެހީ ދިނުމުގެ މަސައްކަތް ކުރިއްޔަށް އޮތް 48 ގަޑި އިރުގެ ތެރޭގައި ހިއްޓާލަން މަޖުބޫރުވެދާނެ ކަމަށް އދ.ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ އިން ބުނެފިއެވެ.

ތޯމަސް ވައިޓް, ފަލަސްތީންގެ އދ.ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ ޗީޕް ބުނެފައިވާ ގޮތުގައި އިޒްރޭއިލުން ތެޔޮ އެތެރެ ކުރަން ހުއްދަނުދޭތާ 1 މިހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. “ކުރިޔަށް އޮތް 48 ގަޑި އިރުގެ ތެރޭގައި ގާޒާއަށް ތެޔޮ އެތެރެ ކުރުމުގެ ހުއްދަ ނުދީފިނަމަ އިންސާނީ އެހީ ދިނުމަށް އެ އޭޖެންސީއިން ކުރަމުންދާ މަސައްކަތް ހުއްޓުމަކަށް ދާނެ” އެކްސްގައި ޕޯސްޓް ކުރަމުން ބުނެފައިވެއެވެ.

 

އިޒްރޭލުގެ ލާއިންސާނީ އަމަލު ތަކުގައި މިހާތަނަށް 4600 ކުދިން ހިމެނޭހެން 11,000 ފަލަސްތީނު ރައްޔިތުން ޝަހީދު ކޮއްފާފައިވާއަރުގައި އިންސާނީ އެހީ ފޯރުކޮއްދިނުމަށް މަސައްކަތްކުރާ 100 އަށްވިރެ ގިނަ މީހުން ވަނީ މަރާލާފައިއެވެ.

ގާޒާގައި ސިއްހީ ފަރުވާދޭ ނިޒާމް ވަނީ ވަރަށް ބަލިކަށިވެފައިއެވެ. ގިނަ ހޮސްޕިޓަލް ތަކުންވެސް ދަނީ ތެޔޮ ހުސްވެ ކޮންމެހެންވެސް ހިނގަންޖެހޭ ސިއްހީ މެޝިނަރީތައް ހުއްޓަލަން މަޖުބޫރުވެފައިއެވެ. އެގޮތުން އިންކުބޭޓަރާގައި ތިބި 39 ތުއްތުކުދިން ވަނީ ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

އިޒްރޭލުގެ ސިފައިންވަނީ އަލް-ޝިފާ ހޮސްޕިޓަލް ހިސޯރު ކޮއްފައިއެވެ. އަދި އެ ހޮސްޕިޓަލްގެ ފެން ރައްކާ ކުރާ ނިޒާމާއި, ފެން ހޮޅިތައްވެސް ވަނީ ހަލާކުކޮއްފައިއެވެ. މިހާރު ވަނީ ޓޭންކަރުތަކުން ހޮސްޕިޓަލަށް ވަދެ ނުކުތުން ބަންދު ކޮއްފައެވެ.

ގާޒާގެ 2 ލައްކައެއްހާ މީހުން ފެނަން ބަރޯސާވާ މައި ފެން ޑިސްޓްރިބިއުޓްކުރާ ތަނުގައި މަސައްކަތްކުރާ ފަރާތުން ވަނީ އެތާގެ މަސައްކަތް ހުއްޓާލާފައިއެވެ. ސަބަބަކީ އެތާގެ ކަރަންޓްގެ ހިދުމަތް އެއްކޮށް މެދުކެނޑުމެވެ.

އިޒްރޭލުގެ މި ލާއިންސާނީ އަމަލުތަކުގެ ސަބަބުން ގާޒާ ރައްޔިތުންނަން ވަނީ ވަރަށް ނިކަމެތި ހާލަތަކަށް ވެއްޓިފައިއެވެ. ސާފު ބޯފެނާއި, ރަނގަޅު ކާނާ ލިބުމަށްވަނީ ދަތި ވެފައިއެވެ. އަދި އެތައް ހާސް މީހުންގެ ގެތޮރު ހަލާކުވެ ވައްނާތެ ތަނެއް ވަނީ ނެތިފައިއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ހުޅުގުގެ އެންމެ ބޮޑަށް އިންސާނީ ހައްގުތަކުގެ ވާހަކަދައްކާ ގައުމުތަކުން ވަނީ ފަލަސްތީނުގެ ރައްޔިތުންގެ އަޑުތަކަށް ބޭރުކަންފަތެއްދީފައިއެވެ. އަދި މި ލާއިންސާނި އަމަލުތައް ހިންގުމަށްދަނީ އިޒްރޭލަށް ހިއްވަރުދެމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-