-Advertisement-

-Advertisement-

ޖޭއެސްސީއިން ނަޝީދު ވަކިވުމުން ކޮށްދެއްވި ހިދުމަތަށް ޝުކުރުއަދާކޮށްފި!

ޖުޑީޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން, ރައީސް މުހައްމަދު ނަޝީދު ވަކިވުމާ ގުޅިގެން, އެމަނިކުފާނު ކޮށްދެއްވި ހިދުމަތްތަކަށްޝުކުރު އަދާކޮށްފިއެވެ.

ނަޝީދު އިއްޔެ ހަވީރު އިސްތިއުފާދެއްވާފައިވަނީ މަޖިލީހުގެ ރައީސްކަމުގައި އިތުރަށް ހުރެއްޖެ ނަމަ މަޖިލީހުގެ މެޖޯރިޓީ ޕާޓީން މަޖިލީހަށް ދޭ ގެއްލުން ބޮޑުވަމުން ދާނެ ކަމަށް ވިދާޅުވުމަށް ފަހުއެވެ. މަޖިލިހުގެ ރައީސް ކަމުން ނަޝީދު އިސްތިއުފާދެއްވުމާއެކު އެމަނިކުފާނަށް ވަނީ ޖޭއެސްސީގެ މެންބަރުކަންވެސް ގެއްލިފައެވެ. އެމަނިކުފާނު ޖޭއެސްސީގައި އިންނަވަނީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ލިބިވަޑައިގެންނެވި ގޮނޑިއެއްގައެވެ.

މިއަދު އެކްސްގައި ޖޭއެސްސީއިން ކޮށްފައިވާ ޕޯސްޓުގައި ވަނީ އެ ކޮމިޝަނުގެ މެންބަރުކަމުގައި 2019, މޭ 29 އިން ފެށިގެން 2023, ނޮވެމްބަރު 13ގެ ނިޔަލަށް ނަޝީދު ކޮށްދެއްވި އަގުހުރި މިންނެތް މަސައްކަތްތަކަށް ޝުކުރު ދަންނަވާފައެވެ.

ޖޭއެސްސީގައި ޖުމްލަ 10 މެންބަރުން ތިއްބަވައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެ މަޖިލީހުންގެ ކަނޑައަޅާ މެމްބަރަކާއި ރައީސުލްޖުމްހޫރިއްޔާ ކަނޑަައަޅުއްވާ މެމްބަރަކާއި ބަންޑާރަ ނައިބާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސާއި ވަކީލުންގެ ތެރެއިން މީހަކާއި އާންމުންގެ ތެރެއިން ނަގާ މީހެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-