-Advertisement-

-Advertisement-

އަލްހާނާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ދައުވާ ކުރަނީ!

355048 3 Ea3f9f263ba34c1bfd1c76bc282f7d8f401c9307 Medium
އަލްހާން ފަހުމީ. ފޮޓޯ; މިހާރު

ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް އުފައްދައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލައިގައި ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ކުންފުނީގެ ބޯޑު މެމްބަރު އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ މައްޗަށް ދައުވާކޮށްދޭން ފުލުހުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މީގެ އިތުރުން ފުލުހުންވަނީ އަލްހާން ފަހުމީގެ ދެ ކޮއްކޮކަމަށްވާ ޝަޒުބާން ފަހުމީ އަދި ޝަހުބާން ފަހުމީގެ މައްޗަށްވެސް ދައުވާ އުފުލާ އަވަސް ގޮތެއް ހަދައިދިނުމަށް އެދިފައެެވެ.

ދައުވާކުރަން އެދިފައިވާ އެ ތިން މީހުންނަކީ ވެސް ކިންގްސް ކެޕިޓަލް ހޯލްޑިންގްސްގެ ބޯޑް މެންބަރުންނެވެ.

ފުލުހުން މީގެކުރިން ހާމަކުރި މައުލޫމާތަށް ބަލާއިރު، އަލްހާންގެ މައްޗަށް ތުހުމަތު ކުރަނީ މަނީ ލޯންޑްރިންގެ ތުހުމަތެވެ. އެ ތުހުމަތުގައި އޭނާ ފުލުހަށް ހާޒިރުކޮށް ޕާސްޕޯޓް ވެސް ހިފެހެއްޓި އެވެ. އަދި އޭނާއާ ގުޅޭ ބައެއް ތަންތަން ބަލައިފާސްކޮށްފައިވެއެވެ.

ކިންގްސް ކެޕިޓަލް ސްކީމް މައްސަލަ އަކަށް ވީ، އެއީ ޕޮންޒީ ސްކީމްގެ ހުރިހާ ސިފައެއް ހުރި ސްކީމަކަށް ވެފައި، ހުއްދަ ނުހޯދައި އެކަހަލަ ފަންޑުތައް ނުހިންގޭނެ ކަމަށް އެމްއެމްއޭ އިން އިއުލާން ކުރި ހިސާބުންނެވެ. އަދި މިއާއެކު މިކުންފުންޏަށް އިންވެސްޓްކުރި އިންވެސްޓަރުން އެ ފައިސާ އަނބުރާ ހޯދަންމަސައްކަތް ކުރިއެވެ. އެ މީހުން ފައިސާ އިންވެސްޓް ކުރީ، އިންވެސްޓްކުރި ފައިސާ ވަކި މުއްދަތެއްގެ ތެރޭގައި ފައިސާ ދެ ގުނަ، ތިން ގުނަ ވާނެ ކަމަށް ބުނެ ކުންފުނިން ދިން ޔަގީން ކަމާ އެކު އެވެ. އެކަމަކު މި ސްކީމުން އެތައް ބަޔަކަށް ވަނީ ލަނޑު ލިބިފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-