ގާޒާގައި އިޒްރޭލިން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލު ތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށްޓަކައި ހދ. ނޮޅިވަރަމް ރައްޔިތުންނާއި މުއައްސަސާ, ޖަމިއްޔާތަކުން އެއްވެ 247,626.50 ދިވެހި ރުފިޔާ ހަދިޔާ ކޮއްވިއެވެ.
7 އޮކްޓޯބަރުން ފެށިގެން މެދު ކެނޑުއްނެތި ދެމުންދާ ހަމަލާ ތަކުގައި އެތައް ހާސް ފަލަސތީނުގެ މީހުން ޝަހީދުވެފައެވެ. އަދި އެތައް ބައެއް ވަނީ ގެދޮރު ހަލާކުވެ މަގުމަތިވެފައިއެވެ. އަސާސީ ބޭނުންތައް މިހާރު ލިބުމަށް ވަނީ ދަތިވެފައިއެވެ. ސާފު ފެން އަދި އެންމެ އާދާއިގެ ސިއްހީ ފަރުވާ ލިބުމަށްވަނީ ދަތިވެފައިއެވެ.
ދިވެހީނަކީ އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ވާކަން ފާޅުގައި ދައްކާ ހުޅަގުގެ ގައުމުތަކުގެ ކުރިމަތީގައި ފަލަސްތީނު ރައްޔިތުންގެ އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ގޮވާލަމުންދާ ގައުމެކެވެ. މާލީ ގޮތުންވެސް ދިވެހިންދަނީ ގާޒާއަށް އެހީ ފޯރުކޮއްދެމުންނެވެ.
ދިވެހިން ވަމުންދާ އެހީ ގާޒާގެ ރައްޔިތުންނަށް ފޯރުކޮއްދިނުމަށް އިންޓަނޭޝަނަލް އެއިޑް ކެންޕޭން އަދި މޯލިޑިވެސް ރެޑްކްރޮސެންޓިން ދަނީ ހަރަކާތްތެރިވަމުންނެވެ.