އިސްރޭލުން ގާޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަރަކާތްތަކުގެ ތެރެއިން ގާޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލް އަލް–ޝިފާ ހޮސްޕިޓަލްއަށް ހަނގުރާމަވެރި ސިފައިން ވަދެއްޖެއެވެ.
އެ ހޮސްލިޓަލަށް ވަދެ ނުކުމެ ހެދޭގޮތް ބަންދުކޮއްގެން ގެން އުޅޭތާ 2 ދުވަސްވެފައިވާ އިރު, އެ ހޮސްޕިޓަލުގައި 7500 އެންހާ މީހުން އެބަތިއްބެވެ. މީގެ ތެރޭގައި ބޯހިޔާވަހިކަން ހޯދުމަށް ދިޔަ މީހުންނާއި ސައްހީ ހިދުމަތަށް އެދި ދިޔަ ފަރާތްތަކައި ސިއްހީ ހިދުމަތްތެރިން ހިމެނެއެވެ.
އިޒްރޭލުގެ ސިފައިންވަނީ ހޮސްޕިޓަލިގެ ސާފު ފެން ލިބޭ ނިޒާމް ހަލާކުކޮއްލާފައިއެވެ. އަދި ތެޔޮގެ ލިބުމަށް ދަތިވެ ކަރަންޓު ލިބުމަށްވެސް މިހާރުވަނީ ދަތިތަކެއް ދިމާ ވެފައިއެވެ.
މިއަދު ހެނދުނު ފަލަސްތީނުގެ ހެލްތު މިނިސްޓަރީއަށް އިންޒާރު ދިނުމަށްފަހު އެ ހޮސްޕިޓަލަށް އިޒްރޭލުން ވަދެގަނެފައިވާއިރު، ހޮސްޕިޓަލް ހުންނަ ކޮމްޕްލެކްސް ތެރޭގައި މިހާރުވެސް ބަޑި ޖަހަމުން ދާކަމަށް އެތަނުގައި ހުރި ޑޮކްޓަރަކާ ހަވާލާދީ ރުއިޓާސްއިން ރިޕޯޓުކޮށްފަ އެވެ.
އިޒްރޭލުގެ އަސްކަރީ ސިފައިން ދަނީ އަލް ޝިފާ ކޮމްޕްލެކްސްގެ މުޅި ކޮންޓުރޯލު ނަގައި، އެ ކޮމްޕްލެކްސްގައި ހުރި އިމާރާތްތަކާއި ބިންގަރާހުގައި ހުރި ގުދަންތައް ވެސް ބަލައި ފާސް ކުރަމުންނެވެ. އޭގެއިތުރުން އިޒްރޭލުގެ ސިހުޔޫނީ ސިފައިން ގެންދަނީ އެ ހޮސްޕިޓަލުގައި ތިބި ބަލި މީހުންނާއި ސިއްހީ ހިދުމަތްތެރިންނާ ސުވާލުކޮށް މައުލޫމާތު ސާފު ކުރަމުންނެވެ.
އިޒޭލުގެ ސިފައިން އަލް-ޝިފާ ހޮސްޕިޓަލް ހިސޯރުކޮއްފައިވަނީ އެ ހޮސްޕިޓަލްގެ ބިންގަރާސްތައް ހަމާސްއިން ބޭނުން ކުރަމުންދާ ކަމަށް ބުނެއެވެ. ނަމަވެސް މިހާތަނަށް ހޮސްޕިޓަލް ސަރަހައްދުގައި ހަމާސްގެ ބަޔަކު ހަރަކާތްތެރިވާކަމެށް އެޒްރޭލުގެ ސިފައިންނަށްވެސް ފެނިފައިނުވާ ކަމަށް އަލްޖަޒީރާގެ ރިޕޯޓްތަކުން ވަނީ ހާމަވެފައެވެ. ހޮސްޕިޓަލްގައި ތިބީ އާންމު މިހުންނާއި ސިއްހީ ހިދުމަތްދޭ ފަރާތްތަށް އެކަންޏެވެ.
ހަނގުރާމާގެ މައިދާނުގައިވެސް ވަނުން މަނާތަންތަން ކަމުގައި އިންޓަނޭޝަނަލް ލޯ ތަކާއި އެއްބަސްވެފައިވާ އެއްބަސްވުންތަކުގައިވެސް ހޮސްޕިޓަލް ފަދަ ތަންތަން ހިމެނޭ އިރު އިޒްރޭލުން ދަނީ އެ އެއްބަސްވުންތަކާ ހިލާފަށް ރެފިއުޖީ ކޭންޕްތަކާއި ހޮސްޕިޓަލް ފަދަ ތަންތަން ސުންނާފަތި ކުރަމުންނެވެ.
މި ކަހަލަ ލާއިންސާނީ އަމަލުތައް ހިންގަމުންދާ އިރުވެސް ހުޅަނގުގެ އެއްވެސް ގައުމަކުން އިޒްރޭލާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ފާހަގަ ކޮއްލެވެއެވެ. މިހާތަނަށް ފަލަސްތީނުގެ 12,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮއްލާފައިއެވެ. މީގެ ތެރޭގައި ކުށެއްނެތް މައުސޫމް 4000 އަށްވުރެ ގިނަ ކުޑަ ކުދިން ހިމެނެއެވެ.