-Advertisement-

-Advertisement-

ކޮމިޝަނާ އޮފް ޕްރިޒަންސް އިސްތިއުފާ ހުށަހަޅުއްވައިފި

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ޖަލުތަކުގެވެރިޔާގެ މަޤާމުން އިސްތިއުފާދޭން މިއަދު  ހުށައަޅުއްވައިފިއެވެ.

އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ހުށައަޅާފައިވާކަމަށާއި އިސްތިއުފާ ދެއްވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންކަމަށް މުހައްމަދުފުޅު މީޑިއާތަކާއި ހިއްސާކުރެއްވި މެސެޖުގައިވެއެވެ.

ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާނެ ކަމަށާއި ފާއިތުވި ތިން އަހަރާއި ދިހަ މަހު އެކު މަސައްކަތް ކުރި އެންމެންނަށް އަހުމަދު މުހައްމަދުފުޅު ވަނީ ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން މަގާމުގެ ހައިސިއްޔަތުން ފަހު ފަހަރަށް މާދަމާ ހުރިހާ ޖަލުތަކާއި ކޮމާންޑުތަކަށް ޒިޔާރަތްކުރެއްވުމަށް ނިންމަވައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މުހައްމަދު ފުޅު ކޮމިޝަނާ އޮފް ޕްރިޒަންގެ މަގާމަށް އައްޔަންކުރީ ޖެނުއަރީ 21، 2020 ގައި, އެމަގާމުގައި ހުންނެވި އަބްދުﷲ މުނާޒް އެ މަގާމުން ވަކިކުރުމުންނެވެ. އޭގެ ކުރިން އޭނާ ހުންނެވީ އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސަސްގެ މަގާމުގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-