-Advertisement-

-Advertisement-

ހަވާލް އަލް ހަލީދީ: އަމިއްލަ ގެދޮރު ގެއްލި, ދަރިންދާ ދުރުގައި, ނަމަވެސް ހުއްޓުމެއްނެތި ގައުމީ ހިދުމަތުގައި

34 އަހަރުގެ ހަވާލް އަލް ހަލީދީ އަކީ ގާޒާގެ ފަލަސްތީން ޓީވީގައި މަސައައްކަތް ކުރަމުންދާ ނޫސްވެރިއެކެވެ. 7 އޮކްޓޯބަރ އިން ފެށިގެން އިޒްރޭލިން ދެމުންދާ ހަމަލާތައް މުޅި ދުނިޔެއަށް ދެއްކުމަށް ހަލީދީ ދަނީ 24 ގަޑި އިރު މަސައްކަތް ކުރަމުންނެވެ.

މިހާރު އަލް އަޤްސާ ޝަހީދުންގެ ހޮސްޕިޓަލުގައި “ވަޒަންވެރި” ވެފައިވާ އިތުރު ނޫސްވެރިންނެކޭ އެއްފަދައިން ހަލީދީވެސް ގިނަ ވަގުތު ހޭދަކުރަން ޖެހިފައިވަނީ އެ ހޮސްޕިޓަލުގައި އެވެ. ސަބަބަކީ ގާޒާގައި އިންޓަނެޓް ހިދުމަތް ފުރިހަމައަށް ލިބޭ މަދު ތަންތަނުގެ ތެރޭގައި މި ހޮސްޕިޓަލް ވުމެވެ. އަދި ނޫސްވެރިކަމަށް ބޭނުންކުރާ ވަސީލައްތައް ޗާޖުކުރެވޭނެ ނިޒާމުވެސް ހަމަޖެހިފައިވާ މަދު ތަންތާގެ ތެރޭގައި މި ހޮސްޕިޓަލް ހިމެނެއެވެ.

8 އޮކްޓޯބަރުން ފެށިގެން މެދުކެނޑުމެއް ނެތި ހަލީދީ ދަނީ މަސައްކަތް ކުރަމުންނެވެ. ޕަލަސްޓީން ޓީވާ އޮފީސް ހުންނަ ސަރަހައްދަށް ބޮން އެޅުމުން ރަސްމީ ކޮށް އޮފީހުގައި މަސައްކަތް ނުކުރެވުނަސް އެނާދަނީ ފޯން މެދުވެރިކޮށް އެކި އިންޓަވިއުތައް ދެމުންނެވެ.

“އަހަރެން ވަރަށް ކުރާ ހިތްވާކަމެއް ނޫސްވެރިކަމަކީ. މި ދާއިރާގައި މިހާރު އުޅޭތާ 11 އަހަރުވެދާނެ. ފަލަސްތީން ޓީވީގެ ހެދުން ޝޯ ޕްރޮޑިއުސްކޮށް, ހުށައަޅަނީ އަހަރެން. އަޒްރޭލުން މި ހަނގުރާމަ ފެށިފަހުން ސައުދީ އަލް ހަދަތު އަދި އަލް އަރަބިޔާ ޗެނަލްގައި މަސައްކަތް ކުރުމަށް ދައުވަތު ލިބުނު”

 

ފިރިކަލުން ބަހީރުއާއި 4 ކުދިންނާއި އެކު އުޅެމުންދިޔަ ގެ އިޒްރޭލުގެ ސިހުޔޫނީ ސިފައިން ވަނީ ސުންނާފަތި ކޮއްލާފައިއެވެ.

ހަލީދީގެ 4 ދަރިން އެންމެ ދޮށީ ދަރި 12 އަހަރު. އެންމެ ހަނގު ދަރި 5 އަހަރު މިހާރު ވަނީ ހަލީދީގެ މަންމަ ގެއަށް ގާޒާ ސިޓީއަށް ބަދަލުކޮއްފައި އެވެ.

ހަވާލް އަލް ހަލީދީގެ ވަރުގަދި އަޒުމާއި ހިއްވަރުގެ ފަހަތުގައި ވަނީ އޭނާގެ ފިރިމާހާ ބަހީރު ކަމުގައި ހަލީދީ ބުނެއެވެ. ކޮންމެ ދުވަހު ފަތިހު ފަތިސް ނަމާދަށް ފަހުގައި ދެމީހުން އެކުގައި ގާތްގަނޑަކަށް 1 ކިލޯމީޓަރ ހިގާފައި ހޮސްޕިޓަލްގެ ކައިރިޔަށް ގޮސް އިންޓަނެޓްއިން މައުލޫމާތް ހޯދާ ދުވަހުގެ ފުރަތަމަ އިންޓަވިއު 8 ޖަހާއިރު ދެއެވެ. އަދި މި ގޮތަށް ކޮންމެ ދުވަހަކު 18 ފަހަރު ކެމެރާ ކުރިމަތީގައި ހުއްޓީ އިންޓަވިއުދޭ ކަމަށް ހަލީދީ ބުނުޏެވެ. މިހުރިހާ ކަމެއްގެ ތެރޭގައި އުޅޭއިރު ކޮންމެ ދުވަހަކުވެސް ބަހީރު އޭނާ ބޭނުންވާ ހުރިހާ ކަމެއް ފުރިހަމައަށް ނިންމަދީ, ހިއްވަރުދެމުންދެއެވެ.

“އަހަރެން ކުރާ މަސައްތަކުގެ ދެބައިކޮއްފަ އެއްބައިވެސް ފިރިމީހާ އެކުގައި ނުވާ ނަމަ ނުވާނެ” ހިނިތުންވުމަކާ އެކު ހަލީދީ ބުނެލިއެވެ.

ހަލީދީ ބުނާ ގޮތުގައި ދެމީހުން ނިންމާގެން މިތިނީ ގާޒާގައި މިހިންގާ ހުރިހާ ކަމެއްގައި އެކުގައި ތިބެން, ނޫނީ އެކުގައި މަރުވެދާންކަމަށެވެ.

ހަލީދީ އެކޭ އެއްފަދައިން ގާޒާގައި މަސައްކަތް ކުރަމުންދާ އެތެއް ނޫސްވެރިންއެއް ދަނީ އާދަޔާ ހިލާފު ހިއްވަރެއްދައްކައި އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ދުނިޔެއަށް ދައްކަމުންނެވެ. ބައެއް ނޫސްވެރިން މައިންބަފައިންނާއި ދަރިން ޝަހީދުކުރަމުން ދާއިރުވެސް ހުއްޓުމެއް ނެތި މަސައްކަތ ކުރަމުންނެވެ. މިއީ ހަމަ ހީރޯއިން ތަކެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-