ދިވެހިރާއްޖޭގެ ޖުމްހޫރީ ހަޔާތުގައި ރައީސް ކަމުގެ ހުވާ ކުރައްވާ 7 ވަނަ ރައީސް ޑރ. މަހައްމަދު މުއިޒް ހުވާ ކުރައްވާ ހަފްލާއަށް އަށް 46 ގައުމެއްގެ މަނަދޫބުން ވަޑައިގަންނަވާނެ ކަމަށް މަޖުލީސް އިދާރާއިން ވިދާޅުވެއްޖެއެވެ.
ޑރ. މުއިޒު ހުވާކުރުމުގެ ޖަލްސާ އޮންނާނީ މާދަމާ 4 ޖަހާއިރު ޖުމްހޫރީ މައިދާނުގައިއެވެ. މި ޖަލްސާގެ ބޭރު ގައުމެއްގެ އެންމެ އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ އަވައްޓެރި ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހެވެ. ރަނިލް މި ޖަލްސާގައި ބައިވެރިވުމަށް މިރޭ ރައްޖެ ވަޑައިގަންނަވާނެވެ.
ގައުމުތަކުގެ އިތުރުން އެކި ޖަމިއްޔާތަކުގެ މަންދޫބުންވެސް މި ޖަލްސާއަށް ވަޑައިގަންނަވައެވެ.